ފޮޓޯ:މީސްމީޑިއާ
ފޮޓޯ:މީސްމީޑިއާ
މުޅި ރާއްޖޭގެ ވައިގެ ކޮލިޓީ ދަށްވެފައިވީ ނަމަވެސް، ވިއްސާރަ އަލިވެ އާންމު ގޮތެއްގައި މޫސުން ރަނގަޅުވާން ފަށާފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ވައިގެ ކޮލިޓީ ހުންނާނެ ކަމަށް ލަފާކުރެވެނީ މޮޑެރޭޓް (އާދައިގެ) މިންވަރެއްގައެވެ. އެހެންނަމަވެސް، ވައިގެ ކޮލިޓީ މިއަށްވުރެ ދަށްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ވައި ނުސާފުވި ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ބޯ ވިއްސާރައަށް ފަހު، މިހާރު ވަނީ މޫސުން އަލިވާން ފަށާފައެވެ. މިއަދު ހަވީރު 18:00 ގެ ނިޔަލަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ޖުމްލަ ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.

މި ވަގުތުތަކުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުންނެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން މާ ބޮޑަށް ގޯސްވެ، އާދަޔާޚިލާފަށް ވިއްސާރަވެ ގެއްލުންވާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު