ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލިސް (ނޭޝަނަލް އެސެމްބްލީ) ގެ ރައީސް، އޮނަރަބަލް ސަރްދާރު އަޔާޒް ޞާދިޤު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ނޭޝަނަލް އެސެމްބްލީގެ ރައީސްގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ރައްޔިތުންނާއި މަޖިލީހުގެ އެންމެހައި މެންބަރުންގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި ގިނަ ދުވަސްތަކަކަށްފަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ޕާކިސްތާނަށް ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، ދިވެހި ވަފުދަށް މެހެމާންދާރީ އަދާކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ ޝަރަފެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ކުރިމަގުގައި ދެ ޤައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބިދޭނެ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޕާކިސްތާނަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ހިނގަމުންދާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު