އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނިދިޖެހުނު ކަމަށް ބުނެ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.
މި ސަމިޓުގައި މިނިވަން އަދި ހުޅުވާލެވިފައިވާ ވިޔަފާރީގެ މުހިންމުކަމާ ގުޅޭގޮތުން ޝީ ވާހަކަދެއްކެވި ވަގުތު، ޗައިނާގެ ސެންޓްރަލް ޓެލެވިޜަނުން ދެއްކި މަންޒަރުތަކުން ފެންނަނީ ޓްރަމްޕް ގާތްގަނޑަކަށް 10 ސިކުންތު ވަންދެން ލޯމަރައިގެން އިންނަ މަންޒަރެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ޓްރަމްޕާ އިދިކޮޅު ފަރާތްތަކުން ވަނީ މިއީ ބައިނަލްއަޤްވާމީ މައިދާނުގައި މުޅި އެމެރިކާއަށް ލިބުނު ބޮޑު ލަދެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ނަމަވެސް، މި ތުހުމަތުތައް ދޮގުކުރައްވައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗެންގް ވިދާޅުވީ، މިއީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި ޝީގެ ތަޤުރީރު ކުރިއަށްދިޔަ ވަގުތު ޓްރަމްޕް ބައްލަވަމުން ގެންދެވީ ކުރިމަތީގައި ހުރި ލިޔެކިޔުންތަކަށް ކަމަށާއި، އޭނާގެ ލޯ ހަރަކާތްކުރަމުންދިޔަ މަންޒަރު ވީޑިއޯއިން ފެންނަން ހުންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ދިގު ދަތުރުފަތުރާއި ގަޑީގެ ތަފާތުގެ ސަބަބުން ވަރުބަލިކަން އިހުސާސްވުމަކީ ޠަބީޢީ ކަމެކެވެ.
އެމެރިކާގެ ތާރީޚުގައި ވެރިކަން ކުރައްވާ އެންމެ އުމުރުން ދުވަސްވީ ރައީސް ކަމުގައިވާ، އުމުރުން 80 އަހަރުގެ ޓްރަމްޕަށް މީގެ ކުރިންވެސް ބައެއް ރަސްމީ ބައްދަލުވުންތަކުގައި ނިދިޖެހޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ޚާއްޞަކޮށް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވި ފަހުން، އޯވަލް އޮފީހުގައި ބޭއްވުނު ބައްދަލުވުންތަކެއްގައިވެސް މިފަދަ މަންޒަރުތައް ފެނިފައިވާތީ، އޭނާގެ ޞިއްޙީ ހާލަތާއި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާ މެދު ސިޔާސީ މައިދާނުގައި ސުވާލުތައް ވަނީ އުފެދިފައެވެ. ކުރީގެ ރައީސް ޖޯ ބައިޑެންއަށް "ސްލީޕީ ޖޯ" ގެ ނަމުން މަލާމާތް ކުރި ޓްރަމްޕަށް، މިހާރު ޑިމޮކްރެޓިކް ޕާޓީގެ ފަރާތްތަކުން ރައްދު ދެމުންދަނީ "ޑޯޒީ ޑޮން" ގެ ނަމުންނެވެ.
މި ސަމިޓުގެ ހަވާސާގައި ޓްރަމްޕާއި ޝީ ޖިންޕިންގއާ ގުޅޭ އެހެން ވީޑިއޯއެއްވެސް ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ. އެ މަންޒަރުގައި، ދެ ލީޑަރުން އެސްކަލޭޓަރަކުން ވަޑައިގަންނަވަމުން ޓްރަމްޕް ސަލާމްކުރުމަށް އަތް ދިއްކޮށްލުމުން، ޝީ ވަނީ ޓްރަމްޕްގެ އަތްތިލައިގެ ބަދަލުގައި މުލައްދަނޑީގައި ހިފަހައްޓަވާފައެވެ. މި ހާދިސާތަކާ ގުޅިގެން، އެމެރިކާގެ ލީޑަރުންގެ އުމުރާ ގުޅޭގޮތުން ކުރެވެމުންދާ ބަހުސްތަކަށް ވަނީ އަނެއްކާވެސް ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު