ދީނީ އަދި ޢިލްމީ މަޢުލޫމާތު މުއްސަނދިކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރާ ޢުމްރާ އަދި ތަޢުލީމީ ދިރާސާ ދަތުރުގައި ބައިވެރިވާ ބޭފުޅުން ފުރުމުގެ ކުރިން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއަށް ފުރުމުގެ ކުރިން މި ޖަމާޢަތުގެ ބައިވެރިންނާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންގެ ދީނީ އަދި އެކަޑަމިކް ޢިލްމު މުއްސަނދިކުރުމާއެކު، ސަޢޫދީ ޢަރަބިއްޔާގައިވާ އިސްލާމީ މުއްސަނދި ތަރިކައާއި، ތާރީޚާއި، ޙަޟާރަތާ ބެހޭ އަގުހުރި
މަޢުލޫމާތުތަކެއް ހޯދައިދިނުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ދަތުރުގެ ތެރެއިން ގިނަ މުހިންމު ތަންތަނަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އުއްމުލްޤުރާ ޔުނިވަރސިޓީ، ކުއްލިއްޔަތުލް ޙަރަމް އަލްމައްކީ އައްޝަރީފް، އަލްމަސްޖިދުލް ޙަރަމްގެ ލައިބްރަރީ އަދި ޙައްޖުގެ އަޅުކަން އަދާކުރާ މާތް ބިންތަކަށް މި ގްރޫޕުން ޒިޔާރަތްކުރާނެއެވެ.
މީގެއިތުރުން ކީރިތި ރަސޫލާގެ ސީރަތާ ބެހޭ ބައިނަލްއަޤްވާމީ މިއުޒިއަމް (އިންޓަރނޭޝަނަލް މިއުޒިއަމް އޮފް ދަ ޕްރޮފެޓްސް ބައޮގްރަފީ)، ކީރިތި ޤުރުއާން މިއުޒިއަމް އަދި މަދީނާގައި ހުރި މިއުޒިއަމްތަކާއި ތާރީޚީ މުހިންމު ބިނާތަކަށް ވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސްޖިދުއްނަބަވީގެ އިތުރުން ތާރީޚީ ބަދްރު އަދި އުޙުދުގެ މައިދާނަށް ވެސް މި ދަތުރުގެ ބައިވެރިން ދިއުމަށް ވަނީ ރޭވިފައެވެ.
މިނިސްޓަރު ޝަހީމް ވަނީ މި ދަތުރުގެ ހުރިހާ ބައިވެރިންނަށް ކާމިޔާބު، އަދި އަގުހުރި ޢިލްމާއި ތަޖުރިބާތަކުން ފުރިގެންވާ ދަތުރަކަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި މި ޒިޔާރަތުގެ ސަބަބުން އިސްލާމީ ތާރީޚާއި، ތަރިކައާއި، ޙަޟާރަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު