ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ހައުސިންގ މިނިސްޓަރ ޢަބްދުﷲ މުއްޠަލިބު ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ގެންދެވި ކަޅުކުލައިގެ ބޮޑު ދަބަހުގައި އޮތީ ބޫޓެއް ކަމަށާއި، އެއާ ގުޅިގެން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވެފައިވަނީ، މިނިސްޓަރ މުއްޠަލިބު ކަޅު ދަބަހެއް ހިއްޕަވައިގެން މަޖިލީހުން ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ޢާންމުވެ، އެ ދަބަހުގައި ހުރީ ޑޮލަރުކަމަށް ބުނެ ގިނަ ބަޔަކު ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުޙައްމަދު އިސްމާޢީލް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެއީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތަކެއްކަމަށް ސިފަކުރައްވާފައެވެ.

އެކަން ހިނގިގޮތް ސާފުކޮށްދެއްވަމުން މެންބަރު ވިދާޅުވީ، ރޭގެ ވަގުތެއްގައި މިނިސްޓަރ މަޖިލީހަށް ވަޑައިގަތީ އާރަށުގައި ކުޅެން ހުންނަވާފައި ސީދާ މަޖިލީހުގައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.

އަދި ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ އެ ދަބަހަކީ އެމަނިކުފާނު ކުޅެން ބޭނުންކުރެއްވި ބޫޓު ލާފައި އޮތް ދަބަހެއްކަމަށްވެސް މެންބަރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު