ދައުލަތުގެ ވުޒާރާތަކަށް ހާއްސަކޮށްގެން އެއްވެސް އުޖޫރައެއް ނުލިބޭ ގޮތަށް ފަންނީ ކޮމިޓީތަކެއް އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު، ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެ އުސޫލަށް އަމަލުކުރައްވަން ވަނީ ނިންމަވާފައެވެ.
މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ގައުމީ ހިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތްތަކަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ކޮމިޓީތަކާއި މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގެ އުސޫލު ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރައްވާނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރަށް ވިދާޅުވީ، މި އުސޫލުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކާ ގުޅޭ މައްސަލަތަކުގައި މަޝްވަރާކޮށް، ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގައި، ކަމާބެހޭ ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ލަފައާއި އިރުޝާދު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މިފަދަ "ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އުފައްދަވައި، އެތަންތަން ހިންގުމުގައި އަމަލުކުރާނެ ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅުއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު