އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ރީމާސް ދުވައިކަތު، އެއްވެސް ޝަރީއަތަކާ ނުލައި ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
އިޒްރޭލުގެ "އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން" (އިދާރީ ބަންދު) ގެ ގާނޫނުގެ ދަށުން، ތުހުމަތެއް ކުރުމަކާ ނުލައި މީހުން ހަ މަސް ދުވަހާ ހަމައަށް ބަންދުގައި ބޭތިއްބޭއިރު، މި މުއްދަތު އެކި ފަހަރުމަތިން އިންތިހާއަށް ދިގުދަންމާލެވޭ ގޮތަށް އޮވެއެވެ. މިފަދަ ހާލަތްތަކުގައި ބަންދުކުރާ ފަރާތްތަކާ ދެކޮޅަށް ހުށަހެޅޭ ހެކިތަކަކީ ކޮބައިކަން އެ ފަރާތްތަކަށް ހާމަކުރުމަކީ އިޒްރޭލުން އާދަކޮށް އަމަލުކުރާ ގޮތެއް ނޫނެވެ.
ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީން ބުނާ ގޮތުގައި، އިޒްރޭލުގެ ޖަލުތަކުގައި މިހާރު ތިބި ފަލަސްތީނުގެ 90 އަންހެނުންގެ ތެރެއިން 21 އަންހެނަކު ތިބީ ހަމަ މިފަދަ އިދާރީ ބަންދުގެ ދަށުގައެވެ. ހައި ސްކޫލް ދަރިވަރެއް ކަމަށްވާ ރީމާސް ދުވައިކަތު ހައްޔަރުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު، ހުޅަނގު އައްސޭރީގެ ނަބްލޫސްގައި ހުންނަ އޭނާގެ ގެއަށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގެ ތެރެއިންނެވެ.
އިޒްރޭލުގެ ޖަލުތަކާ ގުޅޭގޮތުން އޮކްޓޯބަރު މަހު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން، އިދާރީ ބަންދުގެ ދަށުގައި 3،100 އަށް ވުރެ ގިނަ ފަލަސްތީނު މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. ޖުމްލަ ގޮތެއްގައި 9،300 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މިހާރު ވެސް އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ ފަހުކޮޅު ގާޒާ ހަނގުރާމަ ފެށުނު ފަހުން ހަމައެކަނި ހުޅަނގު އައްސޭރިން 26،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އދ. އިން 2023 ވަނަ އަހަރު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، 1967 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ބިންތައް ހިފުމަށްފަހު، މިހާތަނަށް 800،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން އިޒްރޭލުގެ ޖަލުތަކުގައި ވަގުތު ހޭދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު