ހުޅަނގު އައްސޭރީގެ ނާބުލުސް ކައިރީގައި އޮންނަ ބުރްޤާ އަވަށުގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގި ލާއިންސާނީ އުދުވާނެއްގައި، ޢުމުރުން އެންމެ 14 އަހަރުގެ މުޢުތަޒު ދަޣްލާސް ޝަހީދުކޮށްލައިފިއެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކުޑަކުއްޖާ ޝަހީދުވެފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޔަހޫދީ ސިފައިން ދިން ބަޑީގެ ޙަމަލާތަކެއްގައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މި ޖަރީމާ ދިފާޢުކުރަމުން ބުނެފައިވަނީ، ސިފައިން ބަޑިޖަހާފައިވަނީ އެމީހުންގެ އުޅަނދުތަކަށް ގާއުކަން ތައްޔާރުވަމުންދިޔަ ބަޔަކަށް އަމާޒުކޮށް ކަމަށެވެ.
ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ހާމަކުރި ގޮތުގައި، މި ޙާދިސާގައި ބަޑީގެ އުންޑަ އަރައި ޒަޚަމްވި ދެ މީހަކަށް އެ ޖަމާޢަތުގެ ފަރާތުން ވަނީ ފަރުވާދީފައެވެ. ނަމަވެސް، އަނިޔާވި ތިންވަނަ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ ސިފައިން ވަނީ ހުރަސްއަޅާފައެވެ. މީގެއިތުރުން، އެ ސަރަޙައްދުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވި ވޮލަންޓިއަރ ފަސްޓް އެއިޑް 3 މަދަދުގާރަކުވެސް އިސްރާއީލު ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.
އދ. ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރު ފެށުނުފަހުން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާއި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ ޢުދުވާންތަކުގައި ފަލަސްޠީނުގެ މަދުވެގެން 98 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ކުށެއްނެތް 22 ކުޑަކުދިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު