ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓްތައް ފަށަން ނިންމާފައިވާކަމަށް ރާއްޖެއަށް މިހާރު ބޭސް އެތެރެކުރަމުންދާ ދައުލަތުގެ ކުންފުނި ސްޓޭޓް ފާމާއިން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވީ މިހާރު ބޭސްތައް ރަށްރަށަށް ފޮނުވަމުންދަނީ ވައިގެ މަގުންނާއި ކަނޑުމަގުން ކަމަށާއި އަދި އެގޮތަށް ފޮނުވުމުގައި ލަސްތަކެއްވެސް އެބަހުރި ކަމަށެވެ.
އަދި މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ވީހާވެސް އަވަހަށް ދަތިކަމެއް ނެތި ބޭސް ފޯރުކޮށްދިނުމަށްކަމަށް އިމާދު ވިދާޅުވިއެވެ.
އެގޮތުން އެއްތަނުން އަނެއް ތަނަށް ބޭސް ގެންދަން ޑްރޯން ބޭނުންކުރަން އަންނަ އަހަރު ކުރީކޮޅު ޓެސްޓުތަކެއް ފަށަން ނިންމާފައިވާ ކަމަށް ވެސް އިމާދު ވިދާޅުވިއެވެ. އަދި އެ ޓެސްޓުތަކަށް ފަހު މުޅި ރާއްޖެއަށް އެކަން ފުޅާކުރަން އަމާޒު އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ މިހާރުވެސް 200 ވަރަކަށް އޯޑަރު ސްޓޭޓް ފާމާގެ ގުދަންތަކަށް ލިބޭ ކަމަށެވެ.
ކުރިން އެސްޓީއޯގެ ދަށުން ބޭސް އެތެރެކުރުމުގެ ކަންކަން ކުރިނަމަވެސް ސްޓޭޓް ފާމާ އުފެއްދިފަހުން އެ މަަސައްކަތް ކުރަމުންދަނީ އެ ކުންފުނިންނެވެ. އަދި އެސްޓީއޯގެ ދަށުގައި ހުރި ބޭސް ފިހާރަތައްވެސް މިހާރު ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު