ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ ތެރޭގައި ގާނޫނާ ހިލާފު އަމަލުތައް ކުރުމާއި، އެހެން މީހުންގެ އަބުރަށް އުނިކަން އަންނަ ގޮތަށް އަމަލުކުރުމަކީ ގާނޫނުއަސާސީން ތަނަވަސްކޮށްދޭ ހައްގެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު އުޝާމް މިހެން ވިދާޅުވީ މީހުންގެ އަބުރަށް އަރައިގަންނަ ފަދަ ދޮގު މައުލޫމާތު ފެތުރުމާއި ކާޓޫން ކުރެހުން ފަދަ އަމަލުތަކަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް އަބުރުގެ ބިލެއް ހުށައެޅުމާއި ގުޅިގެންނެވެ.
އޭޖީ އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ، އިންސާނީ ހައްގުތަކާއި އެ ހައްގުތަކާ ގުޅިފައިވާ ޒިންމާތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމަށެވެ. އެގޮތުން، ކޮންމެ މީހަކަށް ވެސް ލިބޭ ހައްގުތަކުގެ ބޭނުން ހިފާއިރު، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި އަނެކުންގެ ހައްގުތަކަށް އިހުތިރާމްކުރުން ފަދަ ވާޖިބުތައް އަދާކުރަންޖެހޭނެ ކަމަށް އޭޖީ ފާހަގަކުރެއްވިއެވެ.
މިސާލެއްގެ ގޮތުން ދަތުރުފަތުރުކުރުމުގެ މިނިވަންކަމާއި މުޒާހަރާކުރުމުގެ ހައްގަށް އަލިއަޅުއްވާލައްވަމުން އުޝާމް ވިދާޅުވީ، އާންމު ތަންތަން ބޭނުންކުރުމުގައި އެހެން މީހުންގެ ސަލާމަތަށް ނުރައްކާނުވާނެ ގޮތަށް ޒިންމާދާރުކަމާއެކު އަމަލުކުރަންޖެހޭނެ ކަމަށާއި، މުޒާހަރާކުރަންވާނީ ވެސް ސުލަހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ބިނާވަނީ ހަމައެކަނި ހައްގުތަކެއް ލިބިގެން ނޫން ކަމަށާއި، އެ ހައްގުތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމުން ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގާ ދެމެދު އިންސާފުވެރި ހަމަހަމަކަމެއް ގާއިމުކުރުމެވެ. މި ބިލުގައިވާ ގޮތުން އަބުރާ ބެހުމުގެ އަމަލެއް ފުރިހަމަވާނީ ދެއްކި ވާހަކައަކީ ދޮގަކަށްވުމާއި، އާންމުކޮށްފައިވާ އެއްޗަކަށްވުމުގެ އިތުރުން ވަކި މީހަކަށް ނިސްބަތްވާ ކަން އެނގެން އޮތުމުންނެވެ. ނަމަވެސް، ހާމަކުރި މައުލޫމާތަކީ ފުރިހަމަ ތެދު ހަގީގަތެއް ނަމަ ނުވަތަ ހެޔޮ ނިޔަތުގައި ފާޅުކުރި ހިޔާލެއް ނަމަ އެއީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު