ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ހުއްދަނެތި ކުއްޔަށް ދިން ހަތް ފަރާތެއް ޖޫރިމަނާކޮށްފިއެވެ.
އެފްޑީސީން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ 4،000 ހައުސިންގ ޔުނިޓާ ގުޅޭގޮތުން ޖުމްލަ 92 މައްސަލައެއް ވަނީ ހުށައަޅާފައެވެ. މީގެ ތެރޭގައި ހުއްދަނެތި އެޕާޓްމަންޓަށް ބަދަލު ގެނައުމާއި، އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމާއި، ކުނި އެޅުމުގެ އެންގުންތަކަށް އަމަލުނުކުރުމާއި އާންމު ސަރަހައްދުތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ހިމެނެއެވެ.
ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ހުއްދަ ނެތި ޔުނިޓުތަކުގެ އެތެރެއަށް އެކި ބަދަލުތައް ގެނައުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 44 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 14 މައްސަލައެއްގައި ޔުނިޓުގެ ވެރިފަރާތް ވަނީ ޖޫރިމަނާ ކޮށްފައެވެ.
ހަމައެއާއެކު، އުސޫލާ ޚިލާފަށް ހުއްދަނެތި ކުއްޔަށް ދޫކުރުމުގެ 18 މައްސަލައިގެ ތެރެއިން ހަތް ޔުނިޓެއްގެ ވެރިފަރާތް ޖޫރިމަނާކޮށް، 2 ޔުނިޓަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށާއި، އަދިވެސް އިތުރު 9 މައްސަލައެއް ތަހުގީގުކޮށް ބަލަމުން އަންނަ ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ގަވާއިދާ ޚިލާފަށް ކުނި އެޅުމުގެ 4 މައްސަލައެއް ފާހަގަކުރެވި، އޭގެ ތެރެއިން 2 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު