ސްކޭމްގެ މައްސަލައެއްގައި 27 އަހަރުގެ ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށްޓަށް ނިސްބަތްވާ އެ ރަށު މަރިޔަމް ޝީޒާ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ޝީޒާއާ ދެކޮޅަށް ހެކީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި އަދި އެ މައްސަލައާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ފުލުހުންނާ ދެމެދު ކޮށްފައިވާ އީމެއިލްގެ ކޮޕީ ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު