ނަޞްރުގެ ދުވަހަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޖޯޝް އުތުރި އަރައިގެންދިޔަ، އަދި ދިވެހިންގެ ސާބިތުކަމާއި ހިތްވަރު މުޅި ދުނިޔެއަށް ހާމަވެގެންދިޔަ ތާރީޚީ ދުވަހެއް ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ޚާއްޞަ މެސެޖެއްގައި، އެމަނިކުފާނު ވަނީ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސް މަޢުމޫންގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މީގެ 38 އަހަރު ކުރިން ދިވެހި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމާއި ފަންވަރަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ދިވެހިންގެ ހިތްތަކުގައި އޮތް މަތިވެރި ލޯތްބާއި ޤަދަރު މުޅި ދުނިޔެއަށް ސާބިތުކޮށްދިން އަގުހުރި މިސާލެކެވެ.
މީގެއިތުރުން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އަބަދުވެސް އެއްބައިވަންތަކަން އިސްކޮށް، ޤައުމީ ރޫޙުގައި ސާބިތުވެ ތިބުމުގެ މުހިންމުކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަން، އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު