މިއަދަކީ ސަރުކާރުން ބަންދު ދުވަހެއް ނަމަވެސް، މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މިއަދަކީ މި އަހަރުގެ ނަސްރުގެ ދުވަސް ކަމަށްވާތީ، މިއަދަކީ ސަރުކާރު ބަންދު ދުވަހެކެވެ.
އިމިގްރޭޝަނުން ބުނީ މާލެއާއި އައްޑޫ އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ހަވީރު 5:30 އަށް ކަމަށެވެ. އަދި އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބެން ހުންނާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެއިތުރުން، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމުގެ ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން 9555333 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށްވެސް އިމިގްރޭޝަނުން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު