ސައިކަލެއްގެ މަޑިދަށުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅެ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު ގާތްގަނޑަކަށް 24 އަހަރަށް ޖަލަށް ލުމާއެކު، ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ތ. ގުރައިދޫ، ފިނިހިޔާގެ، ޝަޔާލް ބިން ރިޟްވާންގެ މައްޗަށެވެ.
ޝަޔާލްގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، ޝަޔާލްގެ އަތުގައި އޮތް ތަޅުދަނޑިއަކުން ސައިކަލެއްގެ މަޑިދަށް ހުޅުވައިގެން، އޭގެ ތެރޭގައި އޮތް ފޮތި ކޮތަޅެއް ހާވަނިކޮށް ފުލުހުންނަށް ވަނީ ފެނިފައެވެ.
ފުލުހުން އެ ސައިކަލުގެ މަޑިދަށް ފާސްކުރިއިރު، ފެނުނު ފޮތި ކޮތަޅުގެ ތެރޭގައި ހުރި ރަބަރު ޕެކެޓުތަކުގައި ޖުމުލަ 30 ގުރާމުގެ ޑައިމޯފިން ހުރި ކަމަށް ތަހުލީލުތަކުން ވަނީ ދައްކައިފައެވެ. މީގެއިތުރުން، އެ ސައިކަލުގެ މަޑިދަށުން ހުސް ރަބަރު ޕެކެޓާއި ކައްޓާ ފަދަ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް އާންމުކޮށް ބޭނުންކުރާ ޒާތުގެ ތަކެތި ވެސް ފެނިފައިވާ ކަމަށް ކޯޓު ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ޝަޔާލް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ސައިކަލަކީ އޭނާގެ ސައިކަލެއް ނޫން ކަމަށާއި، އަދި އެ ސައިކަލުގެ ތަޅުދަނޑިއަކީ ވެސް އޭނާގެ އެއްޗެއް ނޫން ކަމަށެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމުގައި ވަނީ، ޝަޔާލް ދައުވާއަށް އިންކާރު ކުރި ނަމަވެސް، ޕްރޮސިކިއުޝަނުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކި ގަރީނާތަކަށް ބަލާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް މި ކުށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ޝަޔާލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އޭނާ 24 އަހަރާއި 11
މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު