ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޅ. ހިންނަވަރުގައި އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ މި ގޮފި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ހިންނަވަރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދު ކަމަށެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ހިންނަވަރު ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުގެ ތެރެއިން ހިންނަވަރު ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް އިފްތިތާޙުކޮށް، އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ މަރުކަޒުގެ ވަފުދުން ވަނީ ބައްދަލުކުރައްވާފައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. އަދި އެ ގޮފީގައި ހިންގާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހިންނަވަރު ކައުންސިލް އިދާރާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަންދޫބުންނާއެކު މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ.
މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީ ކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މަރުކަޒުގެ އިތުރު 10 ގޮތްޕެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އެއީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ. މަގޫދޫ، ލ. މާވަށް، ގއ. ދާންދޫ އަދި ސ. ހިތަދޫގައެވެ. މީގެއިތުރުން، އިތުރު 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެ ރަށްތަކަކީ ހއ. އިހަވަންދޫ، ޝ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކެންދޫހުޅުދޫއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ޢިލްމު ވަރުގަދަ ކުރުމަށާއި ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދީ، އަންނަންއޮތް ޖީލުތަކަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ދަނީ ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ. މިގޮތުން، ޤައުމީ ޤުރްއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން މުޅިން ޚަރަދުކުރެވޭ އަދި އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. އަދި ޙާފިޡުންނަށް ދެވޭ ޢިނާޔަތް ދެގުނައަށް ބޮޑުކުރަށްވައި، ކީރިތި ޤުރްއާން ހިފްޡުކޮށް ނިންމަވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއްވެސް ވަނީ ތަޢާރަފު ކުރަށްވާފައެވެ.
ހަމައެއާއެކު، ޤުރްއާނުގެ ތަޢުލީމަށާއި އެއާ ގުޅުންހުރި ތަރައްޤީގެ ޕްރޮގްރާމްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކީރިތި ޤުރްއާނަށް ޚާއްޞަ ވަޤުފް މަޝްރޫޢުތަކެއްގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު