ރައީސް ހިޒް އެކްސަލަންސީ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް
ރައީސް ހިޒް އެކްސަލަންސީ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް
ފެޑަރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެޤައުމުގެ ރައީސް ހިޒް އެކްސަލަންސީ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި މެސެޖުގައި، ރައީސް ޑަ ސިލްވާއަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް ބޮޑު އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރައީސް ޑަ ސިލްވާ އެޤައުމަށް ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތްތަކަށް ސާބަސް ދެއްވައި، ކުރިމަގުގައި އެމަނިކުފާނުގެ ވެރިކަމުގައި އިތުރު ކާމިޔާބީތަކަށް އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން، ރައީސް ޑަ ސިލްވާއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުން، ބްރެޒިލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަންވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް