ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ގަތުލުއާންމު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އިގުތިޞާދީ ރައްކާތެރިކަމަށް ގެއްލުންދޭ އަމަލުތަކާއި އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ އަދަބު ހަރުދަނާކޮށް ބޮޑުކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން އެފަދަ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމާއިދައުލަތަށް ޚިޔާނާތްތެރިވުމާއި، އިގުތިޞާދީ ރައްކާތެރިކަމަށް ނުރައްކާވާ ފަދަ އަމަލުތައް ކުށަކަށް ހެދުމެވެ.
މީގެ އިތުރުން އިސްލާމްދީނާ އިދިކޮޅަށް ހިންގާ އަމަލުތަކަށް މިހާރު ކަނޑައަޅާފައިވާ އަދަބުތައް އިތުރަށް ބޮޑުކުރުން ވެސް އެެއީ ބިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ބިލުގައިވާގޮތުން، ގާނޫނުލްއުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް "ގަތުލުއާންމު" ގެ ނަމުގައި އާ މާއްދާއެއް އިތުރުކުރަން ވަނީ ހުށަހަޅާފައެވެ. ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް، ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތެއް މުޅިން ނުވަތަ ބޮޑު ބައެއް ނައްތާލުމުގެ ނިޔަތުގައި ހިންގާ ތިރީގައިވާ ކަންކަމަކީ ކުށެކެވެ.
އެ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން ނުވަތަ ބޮޑެތި ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ދިނުން.
އެ ޖަމާއަތެއް ޖިސްމާނީ ގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތްތަކަށް ގަސްދުގައި ހުށަހެޅުން.
ދަރިން އުފަންވިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުމާއި، ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން.
މީގެ އިތުރުން، ދައުލަތުގެ އިގުތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ކަންކަން (މިސާލެެއްގެ ގެ ގޮތުން، މުހިންމު އުމްރާނީ ވަސީލަތްތަކަށާއި އެއާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެއްލުންދިނުން ފަދަ ކަންކަން) ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅާފައިވެއެވެ.
މި ބިލު ހުށަހަޅާފައިމިވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ އީގަލް ހިލްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. މި 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާއިރު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމުގެ ކުންފުނިތަކަށް އެ ސަރަހައްދުން ބިން ނުވަތަ ޕްރޮޕަޓީ ނުގަނެވޭނެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ، ރައްޔިތުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ

ކިޔުންތެރިންގެ ހިޔާލު