މާލޭ އުތުރު ބަނދަރުގެ ފުރަތަމަ ފިންގާ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، މާލޭ އުތުރު ބަނދަރުގައި ފިންގާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަޅާ 15 މީޓަރުގެ ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އިތުރަށް އަޅަންޖެހޭ 15 މީޓަރުގެ 2 ޖެޓީގެ ރީއިންފޯސްމަންޓާއި ޝަޓަރިންގް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް އެކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫއުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢަށް ސަރުކާރުން 18.98 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ.
މާލޭގެ އުތުރު ބަނދަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އަންނަ މީހުންނާއި ފުރާމީހުން އެންމެ ބާރުބޮޑު އެއް މަރުކަޒަށް ވާއިރު، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، އާންމު ދަތުރުވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން، މި ޖެޓީތައް ނިމި ހިދުމަތް ދޭން ފެށުމުން އެއްފަހަރާ ގިނަ އަދަދެއްގެ ލޯންޗު ފަހަރަށް ފަސޭހަކަމާއެކު ބަނދަރާ ކައިރިކުރެވޭނެއެވެ.
މިހާރު ބަނދަރު ފުރިފައި އޮތުމުގެ ސަބަބުން، ދަތުރުވެރިންނަށް ބޭރުގައި އޮންނަ ލޯންޗަށް އެރުމަށް އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ. ނަމަވެސް، މި މަޝްރޫއު ނިމުމުން އެ އުނދަގޫތަކަށް ނިމުމެއް އައިސް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި އަދި ބަރު ލަގެޖު އުފުލާ ފަރާތްތަކަށް އުޅަނދުތަކަށް އަރައިފޭބުމުގައި ބޮޑު ރައްކާތެރިކަމަކާއި ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
މި މަޝްރޫއު ފުރިހަމަވުމާއެކު ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އައިސް، އުޅަނދުފަހަރު ފުރުމާއި ލެފުމުގައި ހޭދަވާ ވަގުތު ކުޑަވެ، ބަނދަރުގެ ހިދުމަތްތައް އިހުނަށްވުރެ އެތައް ގުނައެއް އަވަސްވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު