އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވެފައި
އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވެފައި
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މުދަލަށް ލިބިދާނެ ގެއްލުމަށް ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން މިއަދު ވަނީ ސަމާލުވާން ޖެހޭ ކަންކަމުގެ ލިސްޓެއް ވެސް ނެރެފައެވެ.

އެގޮތުން ފެން ނުވަންނާނެހެން ގޭގޭގެ ދޮރުމަތީ ވެލިބަސްތާތައް ޖަހައި އަދި ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ތަކެތި ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެން ނުފޯރާ ފަދަ ތަންތަނަށް ބަދަލުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރިއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން ހޯދަން ވެސް އެމްޑީއެމްއޭއިން އިލްތިމާސްކުރިއެެވެ.



ކިޔުންތެރިންގެ ހިޔާލު