ގއ. ކޮލަމާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 92 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ނިމި، މަޝްރޫޢު ނިންމުމުގެ އެންމެ ފަހުގެ މަރުހަލާއަށް އެޅިއްޖެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލުތައް ހާމަކުރަމުން ކަމާބެހޭ ފަރާތްތަކުން ވިދާޅުވީ، މަޝްރޫޢުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ "ބަޔޯސްވޭލް" އެޅުމުގެ މަސައްކަތްތަކެވެ. ބަޔޯސްވޭލް އަކީ ވާރޭފެން ހިންދުމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފެން ބިމުގެ ތެރެއަށް ފުރާނައިގެން ފޮނުވާލުމަށްޓަކައި ޤުދުރަތީ ވެށި ހިމާޔަތްކޮށްގެން ހަދާ ނިޒާމެކެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް
އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން، މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ނިންމުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
ކޮލަމާފުށްޓަކީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށަކަށްވުމުން، މި މަޝްރޫޢުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި އިޤްތިޞާދީ އަދި އިޖުތިމާޢީ އެކި ބޭނުންތަކަށް ބިން ތަނަވަސްވެގެންދާނެއެވެ.
މަޝްރޫޢުގެ ޖުމްލަ 92 އިންސައްތަ ނިމިފައިވުމާއެކު، ބާކީ ހުރި މަސައްކަތްތައް ވެސް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު