މަސްތުވާތަކެއްޗާއެކު ދ. މީދޫ އިން ހައްޔަރުކުރި މީހާ
މަސްތުވާތަކެއްޗާއެކު ދ. މީދޫ އިން ހައްޔަރުކުރި މީހާ
ދ. މީދޫގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދ. މީދޫ، ދިގަލި، އުމުރުން 32 އަހަރުގެ ޙަމްދޫން ޢަބްދުލްވާޙިދެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ހިނގާ މަހުގެ 18 ވަނަ ދުވަހު މީދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެގޮތުން، އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 19 ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް އޭނާގެ އަތުން ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޙަމްދޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް