އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެކުލަވައިލާފައިވާ ބައިނަލްއަގުވާމީ މުއާހަދާގައި ދިވެހިރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މި މުހިއްމު މުއާހަދާގައި ބައިވެރިވުމަށް ރުހުންދިނުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
މި މުއާހަދާއަކީ "މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮފް ދަ މެމްބާ ސްޓޭޓްސް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޮން އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަން" އެވެ. ރާއްޖޭން މި މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. ރައީސް މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.
ރައީސްގެ ސިޓީފުޅުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، މި މައްކަތުލް މުކައްރަމާ މުއާހަދާއަކީ ރާއްޖޭން ބައިވެރިވުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ބާވަތުގެ އެއްބަސްވުމެއް ކަމަށްވިޔަސް، ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލް އަގްވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަން ވާނީ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ. މި އުޞޫލަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ބައިނަލްއަގްވާމީ އެއްބަސްވުންތައް ބަލައިގަތުމަށް ކަނޑައަޅާފައިވާ މުހިއްމު އުޞޫލެކެވެ.
މި މުއާހަދާގެ މައިގަނޑު މަގްސަދަކީ އިސްލާމީ ފާގަތިކަމާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި، އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމެވެ. މީގެ ސަބަބުން، ދިވެހިރާއްޖެއަށް އޯއައިސީގެ މެންބަރު ގައުމުތަކާ ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު