ޔަމަނުގެ ހޫތީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުންނަށް އަނިޔާވެއްޖެއެވެ.
މިކަން ސައުދީ ސިވިލް އެވިއޭޝަން އޮތޯރިޓީ (ޖީ.އޭ.ސީ.އޭ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
"ސައުދީ ގެޒެޓް" ގައިވާގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު މީހުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން، އެމެރިކާ، މިސްރު، އުރުދޫން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ. މީގެއިތުރުން، މި ހަމަލާގައި ޒަޚަމްވި 309 މީހުންނަށް ކަމާބެހޭ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމާއެކު، ސަލާމަތީ ކަންކަން ކަށަވަރުކޮށް، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް އެ އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ސައުދީގެ ތިން ރައްޔިތުން މަރުވެފައިވާއިރު، ކިންގް ޚާލިދު އެއާޕޯޓަށް އަމާޒުކޮށް ދޭ ވައިގެ ހަމަލާތައް މިހާރު ވަނީ އިތުރުވެފައެވެ. މި ހަމަލާތައް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ ހަރުކަށިކޮށް ކުށްވެރިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު