މަގުމައްޗަށް ނުކުމެ އުޅޭ ކޮންމެ މީހަކީވެސް ރައްކާތެރިކަމާއެކު އެނބުރި އާއިލާގެ ގާތަށް ވާސިލުވާން އެދޭ މީހެކެވެ. އެހެންނަމަވެސް، މަދު ބައެއްގެ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން، މަގުތައް މިއަދު މިވަނީ ބިރުވެރިކަމާއި ނާމާންކަމުގެ މައިދާނަކަށް ވެފައެވެ. މި ހިތާމަވެރި ހަގީގަތް ބަދަލުކޮށް، މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުން މިހާރު ވަނީ ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާ ދެކޮޅަށް ފަސްޖެހުމެއްނެތި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެގޮތުން، މަގުމަތި ފާރަވެރިވެ ބެލެހެއްޓުން އިތުރަށް ހަރުދަނާކޮށް، ޗެކްޕޮއިންޓްތައް ގާއިމުކުރުމާއި، ސީސީޓީވީ އަދި ސްޕީޑް ކެމެރާތަކުގެ އެހީގައި މޮނިޓާކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެއިތުރުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކުގެ ޕްރޮފައިލް އެކުލަވާލުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ. އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވާ މީހުންގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭތީ، އެފަދަ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމަށްޓަކައި އެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރަން މިހާރު ވަނީ ފަށާފައެވެ.
މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސް، ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން، ޒިގްޒެގްކޮށް ދުއްވުމާއި، ސައިލެންސަރުގެ އަޑުގަދަކުރުމާއި، ހުއްދަކޮށްފައިވާ މިންވަރަށްވުރެ ބާރަށް ދުއްވުމާއި، ގަވާއިދާ ހިލާފަށް ރޭސްޖެހުމުގެ އިތުރުން މަސްތުގެ ހާލަތުގައި އުޅަނދު ދުއްވާ ފަރާތްތަކާމެދު، އެއްވެސް އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމާއި، އުޅަނދު ޓޯކުރުމާއި، ޖޫރިމަނާކުރުމުގެ އިތުރުން، އުޅަނދު ދުއްވި ފަރާތަށާއި އޭގެ ވެރިފަރާތަށްވެސް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެއެވެ.
މި ހަރުދަނާ ފިޔަވަޅުތަކާއި އާ ގަވާއިދުތަކުގެ އެންމެ ބޮޑު ބޭނުމަކީ، މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް، މަގުތަކަކީ އެންމެހައި ރައްޔިތުންނަށްވެސް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމެވެ. ފުލުހުން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށް އެދެވޭ ބަދަލެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، މަގުމަތީގެ ފުރިހަމަ ރައްކާތެރިކަން ކަށަވަރުކުރެވޭނީ އާންމު ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކޮށް، ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު