ޔޫއޭއީގައި އޮންލައިންކޮށް ކައިވެނީގެ ހަފުލާއެއް ކުރިއަށްދަނީ
ޔޫއޭއީގައި އޮންލައިންކޮށް ކައިވެނީގެ ހަފުލާއެއް ކުރިއަށްދަނީ
ދުބާއީ – ކޯވިޑް-19 އާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި އޮންލައިންކޮށް ކައިވެނިކޮށްދިނުމުގެ ޚިދުމަތް ދޭންފަށައިފިކަމަށް އަބޫދާބީގެ ދަ ނެޝަނަލް ނޫހުން ރިޕޯޓުކޮށްފިއެވެ.

ޔޫއޭއީގައި ކައިވެނި ރަޖިސްޓްރީކުރާ އެގައުމުގެ ޖަސްޓިސް މިނިސްޓްރީން ބުނީ، ކައިވެނިކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތްތަކުގެ ކައިވެނި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމަށް ޚާއްޞަ ވެބްސައިޓެއް ތައާރަފްކޮށްފައިވާނެކަމަށާއި، ކައިވެނިކޮށްދިނުމަށް އެ މިނިސްޓްރީން ހުއްދަދީފައިވާ މީހުންގެ ލިސްޓުން އެމީހުންގެ ކައިވެނި ކޮށްދޭން ބޭނުންވާ މީހަކު އިޚްތިޔާރުކުރަން ޖެހޭނެކަމަށެވެ.

ލިޔެކިއުންތައް ހުށައަޅާ، ވެބްސައިޓުން އެ ލިޔެކިޔުންތައް ބަލައިގަތުމަށްފަހު، ކަނޑައެޅޭ ތާރީހެއްގައި ކައިވެނީގެ ހަފްލާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވޭނެކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. މީގެ އިތުރުން، ދެމީހުންގެ ކައިވެނީގެ ލިޔުމުގައި ސޮއިކުރާނީ ޑިޖިޓަލްކޮށްކަމަށާއި، އެ ލިޔުން ޝަރުއީ ކޯޓަކުން ގަބޫލުކުރުމުން އޭގެ ކޮޕީއެއް ދެމަފިރިންގެ މޯބައިލް ފޯނަށް ލިބޭނެ ކަމަށް ޖަސްޓިސް މިނިސްޓްރީން ބުނެފައިވެއެވެ.

ޔޫއޭއީގައި މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4,123 އަށް ވަނީ އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު އުޅެނީ 25 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން