ސަޢޫދީ ޢަރަބިއްޔާގެ ދެ އެއާޕޯޓަކަށް ޙޫޘީން އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ޙޫޘީ ހަނގުރާމަވެރިން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.
އާންމުންގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވެ އަދި އެއާޕޯޓްތަކުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހަމަލާތަކަކީ، ސަޢޫދީ ޢަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން މުޅި ސަރަޙައްދުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން ނަގާލުމަށް ދީފައިވާ ހަމަލާތަކެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.
މި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ރައްދުކޮށް، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ. މީގެއިތުރުން، ސަޢޫދީ ސަރުކާރާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށްޓަކައި އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކޮށް، ސަޢޫދީ ޢަރަބިއްޔާއާ އެކު ސާބިތުކަމާއެކު ދެމިއޮންނާނެކަން އެ ބަޔާނުގައި ވަނީ ތަކުރާރުކޮށް ކަށަވަރުކޮށްދީފައެވެ.
ސަޢޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ ހަމަލާގައި އާންމުންގެ ތިން މީހަކު މަރުވެ، 36 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެގޮތުން އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި މޮރޮކޯ އަދި އަލްޖީރިއާއަށް ނިސްބަތްވާ ދެ އަންހެނުން މަރުވެފައިވާއިރު، ކިންގް ޚާލިދު އެއާޕޯޓަށް ދިން ހަމަލާގައި މަރުވެފައިވަނީ ސޫދާނުގެ ރައްޔިތެކެވެ.

ކިޔުންތެރިންގެ ހިޔާލު