ދުނިޔޭގެ ޞިިިއްޙަތު ޖަމިއްޔާގެ އިސްވެރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ދުނިޔޭގެ ޞިިިއްޙަތު ޖަމިއްޔާގެ އިސްވެރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ޖެހިގެން ރަނގަޅުވާ މީހުންނަށް އަލުން އެބަލި ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޖެނީވާ ހެޑްކުއާރޓަރގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ އެމަރޖެންސީ ޕްރޮގްރާމްތަކާއި ހަވާލުވެ ހުންނެވި މައިކް ރަޔަން ވިދާޅުވީ ބަލިން ރަނގަޅުވުމަށްފަހު ބަލިޖެހޭ ފަރާތްތަކާއި ބެހޭގޮތުން ވަރަށް ގިނަ މައުލޫމާތު އަދި ސާފުވެފައި ނުވާކަމަށާއި، ގަބޫލުކުރެވެނީ ބަލިން ރަނގަޅުވާއިރު ބައެއް މީހުންގެ ހަށިގަނޑުގައި، ދެވަނަ ފަހަރު ބަލިޖެހުމުން ވައިރަހާއި ހަނގުރާމަކުރާނެ އެންޓިބޮޑީޒް ނުއުފައްދައިދޭ ކަމަށެވެ.

ޗައިނާގެ ޝަންހާއީގައި ކޯވިޑް-19 އިން ރަނގަޅުވި ބައެއް މީހުންގެ ޓެސްޓުތަކުން ދެއްކި ގޮތުގައި ބައެއް މީހުންގެ ފަރާތުން އެއްވެސް އެންޓިބޮޑީގެ ނުވަތަ ބަލިން ދިފާޢުވުމުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާއިރު، އަނެއްބައި މީހުންގެ ފަރާތުން ވަރަށް ރަނގަޅަށް ދިފާއީބާރު މަސައްކަތް ކުރާކަމަށް ފެނިފައިވާ ކަމުގައި ކޯވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ އިސް ސައިންސްވެރިޔާ ޑރ. މާރިޔާ ވޭން ކާރޚޯވޭ ވިދާޅުވިއެވެ.

ދުނިޔޭގައި 1.8 މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބަލިން ރަނގަޅުވާ މީހުންގެ އިތުރު ސާމްޕަލްތައް ނަގާ ދިރާސާކުރުމަށްފަހުގައި ނޫނީ އެންޓިބޮޑީ ރެސްޕޯންސާއި، ބަލިން ރައްކާތެރިކަން ލިބުމާއިބެހޭގޮތުން ވަކި އެއްޗެއް ބުނަން ދަތިވާނެކަމަށް ޑރ. ވޭން ކާރޚޯވޭ ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 438,191 މީހުންނެވެ. އަދި 117,654 މީހުން ވަނީ ބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން