އޮސްޓްރިއާގައި ރޭގަ ހިނގާދިޔަ ޓެރަރިސްޓު ހަމަލާއަށްފަހު އޮސްޓްރިއާގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ.
އޮސްޓްރިއާގައި ރޭގަ ހިނގާދިޔަ ޓެރަރިސްޓު ހަމަލާއަށްފަހު އޮސްޓްރިއާގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ.
އޮސްޓްރިއާގައި ރޭގައި ހިނގާދިޔަ ޓެރަރިސްޓު ހަމަލާގައި 3 މީހަކު މަރުވެއްޖެއެވެ.

އޮސްޓްރިއާގައި ރޭގެ ވަގުތެއްގައި ހަ ސަރަހައްދެއްގައި ދެވުނު އުދުވާނީ ހަމަލާތައް އަމާޒުވެފައިވަނީ އޮސްޓްރިއާ އަލުން ލޮކްޑައުނަށް ދިއުމުގެ ކުރިން އާންމުން ނިކުމެ އެއްވެ އުޅުނު ސަރަހައްދު ތަކަށެވެ. މި ސަރަހައްދުތަކަށް ދެވުނު ހަމަލާތަކުގައި މިހާތަނަށް 3 މީހަކު މަރުވެ، 15 މީހަކަށް ބޮޑެތި ޒަހަމްތަކެއް ވެފައިވެއެވެ.

މި ހަމަލާތައް ދިނުމުގައި ބައިވެރިވެފަައިވާ އެކަކު މިހާރު ހައްޔަރު ކުރެވިފައިވާކަމަށް އޮސްޓްރިއާގެ ފުލުހުން ހާމަކޮށްފައިވިނަމަވެސް މިޓެރަރިސްޓު ހަމަލާތަކުގައި ބައިވެރިވެފައިވަނީ ކިތައް މީހުންކަން ނޭނގޭ ކަމަށްވެސް އޮސްޓްރިއާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

މިހަމަލާތަކާ ގުޅިގެން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އޮސްޓްރިއާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

"އޮސްޓްރިއާގެ ރައްޔިތުންނަށް ކުރިމަތިވި އުދުވާނީ މިހަމަލާގެ ހިތާމައިގައި ފްރާންސްގެ ރައްޔިތުން ބައިވެރިވަން. ފްރާންސަށް ފަހު އެކުވެރި އޮސްޓްރިއާއަށް ވެސް ހަމަލާ ދީފި. މިއީ ޔޫރަޕްކަން އަހަރުމެންގެ އަދާވާތް ތެރިންނަށް އަންގައިދޭންވީ ވަގުތު އައިއްސި." ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ތައުޒިއާގެ މެސެޖުގައި ލިއުއްވާފައިވެއެވެ.

މެކްރޮން މިހެން ވިދާޅުވެފައިވަނީ މިދިޔަ ހަފުތާގައި ފްރާންސްގައި ދެވުނު ޓެރަރިސްޓް ހަމަލާއެއްގައި ވަޅިން ހަމަލާދީ 4 މީހަކު މަރާލާފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން