ނ. ފޮއްދޫ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތުގެ 82 އިންސައްތަ ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
23 ޖުލައި 2025 ގައި ފޮއްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ވަޒީރު އަލީ އިހުސާނެވެ. އެމްޓީސީސީން މިއަދު ބުނީ، ނ. ފޮއްދޫ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ނިންމާލާފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުން ކަމަށް ދާޚިލީ ވުޒާރާއިން މީގެކުރިން ވަނީ ބުނެފައެވެ.
އެގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ރަށްތަކެއްގައި ފުލުހުންގެ ޕޯސްޓުތައް ހުޅުވައި، މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ. ހަމައެއާއެކު ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 154 ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫޢެއް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު