ބެންކޮކްގައި ފެންބޮޑުވެފައި
ބެންކޮކްގައި ފެންބޮޑުވެފައި
ބެންކޮކަށް ބޯކޮށް ވާރޭވެހި ބޮޑެތި ސަރަޙައްދުތަކެއްގައި ފެންބޮޑުވުމާ ގުޅިގެން، އެ ސިޓީގެ 31 މަގެއް ބޭނުންނުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް މަޑުޖައްސައިލުމަށް ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީ.އެމް.އޭ) އިން ކުއްލި އިލްތިމާސެއް ކޮށްފިއެވެ.

27 ސެޕްޓެމްބަރު 2026 ވީ އާދީއްތަ ދުވަހުގެ ހެނދުނު 08:30 ގައި ނެރުނު މި ބަޔާނުގައިވާ ގޮތުން، ދަތުރުފަތުރު ނުކުރުމަށް އިރުޝާދު ދީފައިވާ މަގުތަކުގެ ތެރޭގައި ރާމް އިންތްރާ، ފަހޮން ޔޮތިން، ތެފަރަކް، ވަޓްޗަރަޕޮލް، ރާމްކަމްހައެންގް، ޕްރަސެރްޓް-މަނުކިތް، ހުއާ މަކް، ސްރީނަކަރިން، ސެނަނިކޮމް 1، ވިބަވަދީ (އައުޓްބައުންޑް)، ޗަންގް އަކަޓް އުތިތް، ލުއާންގް ފައެންގް، ޗާއޯ ކުން ތަހާން، ޗޮކް ޗައި 4، ސުކޮންތަސަވަތް، ސުވިންތަވޮންގް، ލަޓް ޕްރާއޯ ވަންގް ހިން، ސިހަބުރަނުކިތް، ވަޗިރަތަމް ސަތިތް، އޮން ނުޓް، ސުކުމްވިތް 71، ޕައްތަނަކާން، ލަޓް ޕްރާއޯ، އިންތަރަފޮން، ޗަލޮއެމް ޕްރާ ކިއަޓް ރާމާ 9، ސުކަޕިބާން 5، ސެރީ ތައި، ލަޓް ކްރަބަންގް އަދި ނަކް ނިވަތް ހިމެނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރަށާއި އާންމު ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށާއި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތާށިނުވުމަށްޓަކައި، ކޮންމެހެން ނުކުންނަންޖެހޭ ޙާލަތެއްގައި މެނުވީ ގޭގައި މަޑުކުރުމަށް އިދާރާތަކުން ބާރުއަޅައެވެ. އަދި ދަތުރެއް ފެށުމުގެ ކުރިން، ބީ.އެމް.އޭ ގެ ރަސްމީ ވަސީލަތްތަކާއި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މަގުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ވެސް ދަތުރުވެރިންނަށް ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން، އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ފަސްކުރުމަށާއި، ފެންބޮޑުވެ ނުރައްކާ އޮތް ސަރަޙައްދުތަކަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް