ޖަލަށް ލެވޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނަކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިއަދަދު އިތުރަށް މަތިވާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސީޕީ ޙަސަން ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށްގެންދިޔަ "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ކައިރި މުސްތަޤުބަލެއްގައި އިތުރު 300 އަށްވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ، ޖަލުތައް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރުވެސް އެކަމަނާ ދެއްވިއެވެ.
ޖަލުތަކުގެ ޖާގައިގެ އިތުރުން ޕްރިޒަން އޮފިސަރުން ތަމްރީނުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށްޓަކައި އަލަށް ދަސްވެނިވި 10 އޮފިސަރުންގެ އިތުރުން، މާފުށީ ޖަލުގައިވެސް އިތުރު އޮފިސަރުންތަކެއް ތަމްރީނުވަމުންދާ ކަމަށެވެ.
މީގެއިތުރުން، އައިކޯސްޓުން ކުރިއަށްގެންދާ "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގައި މިހާރުވެސް 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން ކިޔަވަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ޕްރިޒަން އޮފިސަރުން ކުރައްވާ ގައުމީ މަސައްކަތަށް ސާބަސް ދެއްވަމުން ސީޕީ ވިދާޅުވީ، ކަރެކްޝަންސްގެ އޮފިސަރުންނަކީ ސިފައިންނާއި ފުލުހުންފަދައިން ގައުމަށްޓަކައި ފުރާނައިން ގުރުބާންވާން ހުވާކޮށްގެން ތިބި ބައެއް ކަމަށެވެ.
އަދި ޒަމާނީ ވަސީލަތްތަކުގެ ދަތިކަން ހުރިނަމަވެސް، ޖަލަށް މަނާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެ މުވައްޒަފުން ކުރަނީ ތައުރީފު ހައްގު ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
55 އަހަރުވީ މި ހިދުމަތް 2013 ގައި ގާނޫނެއްގެ ދަށުން ސިވިލް ސަރވިސްއިން ވަކިވެ ތަރައްގީވެފައިވީ ނަމަވެސް، ކަރެކްޝަންސްގެ މަސައްކަތްތައް އެންމެ އެދެވޭ މިންވަރަށް އަދިވެސް ޒަމާނީވެފައިނުވާކަން ސީޕީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު