އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހިންގަމުންދާ އަނިޔާވެރިކަމާއި، މަޖުބޫރުން މީހުން ނެރެދެއްކުމާއި، ޣައިރުޤާނޫނީ ވަޒަންވެރިންގެ އާބާދީތައް ފުޅާކުރުމުގެ ސަބަބުން ސުލްހައަށް އޮތް ފުރުސަތުތައް ހުއްޓުމަކަށް އައިސް، "ނަސްލީ ސާފުކުރުމެއް" (އެތުނިކް ކްލެންސިންގ) ހިންގައިފާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް އިންޒާރު ކުރައްވައިފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ބޭއްވުނު އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ގުޓަރޭޝް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ސުލްހައިގެ މަގު މުޅިން ހަލާކުވަމުންދާ ކަމަށެވެ.
އަދި މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލު ކަމަށްވާ "ދެ ދައުލަތުގެ ހައްލު" އުވިގެން ދިޔަދީގެން ނުވާނެ ކަމަށް އެކަނައިގެން ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ސަރަހައްދުތަކުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ފަލަސްތީނުގައި އުފެދިފައިވާ ނުރައްކާތެރި ހާލަތު އޮޅިގެން ނުވަތަ އަޅާނުލެވި ގޮސްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކަށް އަލިއަޅުއްވާލައްވަމުން ގުޓަރޭޝް ފާހަގަކުރެއްވީ، އެކަމުގެ ސަބަބުން ޣައްޒާގައި ހިންގާފައިވާ މީހުން މެރުމާއި ހަލާކުކުރުމުގެ މިންވަރަކީ އޭނާ އދ. ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުގައި ހުންނެވި މުއްދަތުގައި ދުވަހަކުވެސް ދެކެވަޑައިގެންފައިނުވާފަދަ ބޮޑު އަނިޔާވެރިކަމެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ އަދާލަތުގެ ކޯޓު (އައިސީޖޭ) އިން ނެރެފައިވާ އަމުރުތަކަށް އެންމެހައި ފަރާތްތަކުން ތަބާވާންޖެހޭނެ ކަމަށާއި، 1967 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފާފައިވަނީ ޣައިރުޤާނޫނީ ގޮތެއްގައި ކަމަށް އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އިޙްތިރާމްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ގޮވާލެއްވީ ޣައްޒާގައި ހަރަކާތްތެރިވާ އދ. ގެ މުވައްޒަފުންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށާއި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށެވެ.
އަދި ދުނިޔޭގެ ލީޑަރުން ގުޅިގެން އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ވަގުތުން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، 2023 އޮކްޓޫބަރު 7 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ ލާނީސާނީ ހަމަލާތަކުގައި ޣައްޒާއިން މަދުވެގެން 73,914 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 174,958 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހަމަލާތައް ހުއްޓުވުމަށާއި، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަގުތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގުޓަރޭޝްގެ ތަގުރީރުގައި ވަނީ ބާރުއަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު