ހެނދުނު ހޭލައިގެން ހޫނު ކޮފީ ތަށްޓެއް ބުއިމަކީ ނުވަތަ ހަވީރު ހޫނު ސައިރައްޓެއް ބުއިމަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހަރުލާފައިވާ އާދައެކެވެ. ނަމަވެސް، މިފަދަ ހޫނު ބުއިންތައް މާ ބޮޑަށް ހޫނުކޮށް ހުއްޓާ ބުއިމަކީ ނުރައްކާތެރި ވައްތަރެއްގެ ކެންސަރެއް ޖެހުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމެއް ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާގެ ހޯދުންތައް "އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސަރ" މަޖައްލާގައި ޝާއިޢުކޮށްފައިވާއިރު، މިއީ މި މައުޟޫޢުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ދިރާސާއެވެ. މި ދިރާސާގައި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް އެއް މިލިއަން މީހުންގެ މަޢުލޫމާތު ވަނީ ދިރާސާކޮށްފައެވެ. އެގޮތުން "މިލިއަން ވިމެން ސްޓަޑީ" އަދި "ޔޫކޭ ބަޔޯބޭންކް" ހިމެނޭހެން އުމުރުން 37 އަހަރާއި 73 އަހަރާ ދެމެދުގެ މީހުން ގާތްގަނޑަކަށް 11 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ވަނީ މޮނިޓަރކޮށްފައެވެ.
ދިރާސާއިން ދެއްކި ގޮތުގައި، ކޮފީ ނުވަތަ ސައި "ވަރަށް ހޫނުކޮށް" ހުއްޓާ ބޯ މީހުންނަށް، އާދައިގެ ހޫނުމިނުގައި ބޯ މީހުންނާ އަޅާބަލާއިރު ކާތަކެތި ހިނގާ ހޮޅީގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "ސްކުއަމަސް ސެލް ކާސިނޯމާ" (އެސްސީސީ) ޖެހުމުގެ ފުރުސަތު ތިން ގުނަ އިތުރެވެ. މިއީ ގާތްގަނޑަކަށް 217 އިންސައްތައިގެ އިތުރުވުމެކެވެ. އަދި "މެދުމިންވަރަކަށް ހޫނުކޮށް" ބޯ މީހުންނަށްވެސް މި ބަލި ޖެހުމުގެ ނުރައްކާ ގާތްގަނޑަކަށް ދެގުނަ އިތުރުވާކަން ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، ކާތަކެތި ހިނގާ ހޮޅިއަށް ޖެހޭ އަނެއް ބާވަތުގެ ކެންސަރު ކަމަށްވާ "އެޑިނޯކާސިނޯމާ" (އޭސީ) އަށް މިކަމުގެ ސަބަބުން މާ ބޮޑު ބަދަލެއް ނާންނަކަމަށް ދިރާސާއިން ދައްކައެވެ.
މީގެއިތުރުން، ދުވާލަކު ހަ ތަށި ނުވަތަ އެއަށްވުރެ ގިނައިން ހޫނު ބުއިންތައް ބޯ މީހުންނަށް އެސްސީސީ ކެންސަރު ޖެހުމުގެ ފުރުސަތު 71 އިންސައްތަ އިތުރުވާ ކަމަށް ވަނީ ހޯދިފައެވެ. ދިރާސާވެރިން ބަޔާންކުރާ ގޮތުގައި މި ނުރައްކާ ކުރިމަތިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އެހެން ކަންކަމާ ނުގުޅި، ހަމައެކަނި ބުއިންތަކުގެ ހޫނުގަދަކަމުގެ ސަބަބުންނެވެ. ހަމައެކަނި އިނގިރޭސިވިލާތުގައިވެސް "ވަރަށް ހޫނުކޮށް" ބުއިންތައް ބޯ މީހުން އެ މިންވަރު ދަށްކޮށްލުމުން، އަހަރަކު ގާތްގަނޑަކަށް 440 މީހުން މި ކެންސަރުން ސަލާމަތްކުރެވިދާނެ ކަމަށް އަންދާޒާކުރެވެއެވެ.
ކެންސަރުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ސްރީދަރް ޕަޕާޔާ ސުޝީލާ ވިދާޅުވި ގޮތުގައި މައްސަލައަކީ ސައި ނުވަތަ ކޮފީއެއް ނޫނެވެ. މައްސަލައަކީ އޭގެ ހޫނުމިނެވެ. އަނގައާއި ދުލާ ޚިލާފަށް ކާތަކެތި ހިނގާ ހޮޅީގައި ތަދު އިހުސާސްވާ މިންވަރު ކުޑަވުމުގެ ސަބަބުން، ހޫނު އެއްޗެހި ދިރުވާލާއިރު އެތެރޭގެ ސެލްތަކަށް ލިބޭ ގެއްލުން ގިނަ ފަހަރަށް އިހުސާސެއް ނުވެއެވެ. މިގޮތަށް ދިގު މުއްދަތަކަށް ސެލްތައް ހަލާކުވެ ދުޅަވުމަކީ ކެންސަރަށް މަގުފަހިވާ ކަމެކެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ކެންސަރާ ބެހޭ އިދާރާއިން ކަނޑައަޅާފައިވާ ގޮތުގައި 65 ޑިގްރީ ސެލްސިއަސްއަށް ވުރެ ހޫނު ބުއިންތަކަކީ އިންސާނުންނަށް ކެންސަރު ޖެހުމަށް މަގުފަހިކުރާ އެއްޗެކެވެ. އެހެންކަމުން، ކޮފީ ނުވަތަ ސައި ތައްޔާރުކުރުމަށްފަހު ބުއިމުގެ ކުރިން މަދުވެގެން 3 އާއި 5 މިނެޓާ ދެމެދުގެ ވަގުތެއްދީ ހިހޫކޮށްލުމަށް މާހިރުން ލަފާދެއްވައެވެ. އަދި ދުލުގެ ކޮޅު ފިހޭ ވަރަށް ހޫނުކޮށް ހުންނަނަމަ، އޭގެ މާނައަކީ އެ ބުއިމުން ކާތަކެތި ހިނގާ ހޮޅިއަށް ގެއްލުންވަމުންދާ ކަމެވެ.
މޮފިޓް ކެންސަރ ސެންޓަރުގެ ނިއުޓްރިޝަން ރިސާޗަރ ޑރ. ސިލްވިއާ ކްރައުޑަރ ވެސް ވަނީ މި ލަފާތަކަށް ތާއީދުކުރައްވާފައެވެ. އަދި ހޫނު ބުއިންތަކުގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމާއި، މާބޮޑަށް ފަލަވުމާއި، ގޭސްޓްރިކް މައްސަލަތަކަކީވެސް ކާތަކެތި ހިނގާ ހޮޅީގެ ކެންސަރަށް މަގުފަހިކުރާ މުހިންމު ސަބަބުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު