މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ގްރޭޓަރ މާލެ ސަރަހައްދުގައި ފަށާފައިވާ "މާލެ ޓެކްސީ ލައިން" މެދުވެރިކޮށް މިހާތަނަށް 157،971 (އެއްލައްކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ އެކެއް) ދަތުރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި މި އެޕްލިކޭޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިހާތަނަށް މާލެ ޓެކްސީ ލައިން އެޕްގައި 52،790 މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މާލޭ ޓެކްސީ ލައިންގެ ފްލީޓުގައި މިހާރު 150 އުޅަނދު ދަނީ ޚިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ބެޓަރީ ޕަވާޑް (އީވީ) އުޅަނދުތަކާއި ތަފާތު އެކި ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.
ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ވިދާޅުވީ، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމުގެ ގޮތުން ޑްރައިވަރުންނަށް ކަސްޓަމަރ ސާވިސް، މަގުމަތީގެ ރައްކާތެރިކަން (ރޯޑް ސޭފްޓީ) އަދި ފަސްޓް އެއިޑްގެ ހާއްސަ ތަމްރީނުތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމަށް ފަސިންޖަރުންނަށް މާލޭ ޓެކްސީ ލައިން އެޕް މެދުވެރިކޮށް ނުވަތަ 1655 އަށް ގުޅައިގެން ފަސޭހަކަމާއެކު ދަތުރު ބުކް ކުރެވޭނެއެވެ. އަދި ދަތުރުތަކަށް ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަކުރުމުގެ ގޮތުން ހުރިހާ ފައިސާއެއް ޑިޖިޓަލްކޮށް އެޕްލިކޭޝަން މެދުވެރިކޮށް ޕްރޮސެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ފެށިގެން ދިޔަ މާލެ ޓެކްސީ ލައިންގެ ޚިދުމަތަށް ރައްޔިތުންނާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބު ފާހަގަކުރަމުން އެމްޓީސީސީން ބުނީ، ރާއްޖޭގެ ދަތުރުފަތުރުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ސަރުކާރުން ކަނޑައަޅާފައިވާ ހެޔޮ އަގުގައި، ވީހާވެސް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް އިތުބާރު ހުރި ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު