އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އިއުލާނު ކުރައްވައިފިއެވެ.
ޝަމްހީދު މިކަން ހާމަކުރެއްވީ "އަވަސް" އޮންލައިނާއެކު ކުރިއަށްގެންދާ "ޝަމްހީދާއެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައެވެ.
ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެބޭފުޅާ ވާދަކުރައްވާނެ ކަމަށެވެ. ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، ރާއްޖެ މިއަދު އޮތީ އިގުތިސޯދީ ގޮތުން ބަނގުރޫޓުވުމާ އަރާހަމަވެފައިވާ ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ.
އަދި ވޭތުވެދިޔަ ސަރުކާރުތަކުން ކޮރަޕްޝަން އިންތިހާއަށް އިތުރުކޮށް، މަސައްކަތް ކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޑިމޮކްރަސީއަށް 18 އަހަރުވެފައިވާއިރު، 500 ބިލިއަން ރުފިޔާ މުޅިއެކު ހޭދަކޮށް 160 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވީ ނަމަވެސް، ރައްޔިތުން އެދޭ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އަދި އަސާސީ ހިދުމަތްތައް ފުރިހަމައަށް ހާސިލުވެފައި ނުވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސޯދުގެ ހާއްސަ ތަފާތުތައް ދެނެގަނެގެން މެނުވީ ވެރިކަން ނުކުރެވޭނެކަން ފާހަގަކުރައްވަމުން، އާންމު ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދީ އެ ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު