މާލެ ސިޓީ ކައުންސިލަށް ލިބޭ ވެހިކަލް ފީގެ އާމްދަނީ ސަރުކާރަށް ބަދަލުކުރިޔަސް މިސްކިތްތައް ބެލެހެއްޓުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި، މި މައްސަލައިގައި ކައުންސިލުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނާއެކު، މާލޭގެ މަގުތައް ބެލެހެއްޓުން 2029 ގެ ނިޔަލަށް ސިޓީ ކައުންސިލުން ވަކިކޮށް، އެ މަސްއޫލިއްޔަތު ވަނީ އަލަށް އުފައްދާ 'ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް' އާ ހަވާލުކުރަން ނިންމައިފައެވެ. މިއާއެކު މީގެ ކުރިން ކައުންސިލަށް ލިބެމުންދިޔަ ވެހިކަލް އަދި ރަޖިސްޓްރޭޝަން ފީ ޖަމާވާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޚާއްސަ ފަންޑަކަށެވެ.
މި ބަދަލާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދުން ނަގާ ވެހިކަލް އަދި ރަޖިސްޓްރޭޝަން ފީން އަހަރަކު ގާތްގަނޑަކަށް 220 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ފަސް އަހަރުގެ ތެރޭގައި އެއީ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އެ ފައިސާ ސަރުކާރުގެ ފަންޑަކަށް ބަދަލުކުރުމުން، މާލޭގެ މޭޔަރު އާދަމް އާޒިމް މަސައްކަތް ކުރައްވަނީ ކަންކަން "ސްޕިން" ކޮށްގެން ރައްޔިތުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދެވުމަށް ކަމަށް މިނިސްޓަރު ސައީދު ތުހުމަތުކުރެއްވިއެވެ. ކައުންސިލުން ކަންކަން އޮޅުވާލުމުގެ ބަދަލުގައި އިސްކަންދޭންވީ ހަގީގީ މައްސަލަތައް ހައްލުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ފައިސާ ނުލިބުމުން މިސްކިތްތައް ނުބެލެހެއްޓޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެކަމާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މާލޭގެ މިސްކިތްތައް މިހާރަށް ވުރެ މާ ރަނގަޅަށް ބެލެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޑރ. ޝަހީމް ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފެންބޮޑުވުން ފަދަ ކާރިސާތަކަށް ޚަރަދުކުރާނެ ފަންޑު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގައި ވެސް ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ވެހިކަލްތަކުން ނަގާ ފީ އެހެން ކަންކަމަށް ޚަރަދުކުރުމުގެ ބަދަލުގައި، ދެން އެ ފައިސާ ސީދާ ބޭނުންކުރާނީ މާލޭގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ކަމަށެވެ. އެގޮތުން ގާނޫނުގައި ވާގޮތުން އެ ފައިސާ ބޭނުންކުރެވޭނީ މަގުތަކުގައި ޓްރެފިކް ލައިޓް ހަރުކުރުމަށާއި، ކަންމަތިތަކުގައި ޕާކުކުރުން މަނާކޮށް ރޮނގުދެމުމަށާއި، ޕާކިން ޒޯނުތައް ތަރުތީބުކުރުމުގެ އިތުރުން ޕާކިން އިމާރާތްތައް އެޅުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު