ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހައުސިން މިނިސްޓްރީގެ އެތެރޭގައި ބޭނުންކުރި އޮފީސް މެމޯއެއްގެ ހަގީގަތް އޮޅުވާލައި، އެންމެ ނޭދެވޭ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ލިޔުމަކާ ގުޅިގެން މިނިސްޓަރު މުއްޠަލިބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުރުވަމުންދާ ލިޔުމަކީ ހަމައެކަނި ފައިސާ ބަލައިގަތުމުގެ ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން މިނިސްޓްރީގެ އެތެރޭގައި ފޮނުވާފައިވާ މެމޯއެއް ކަމަށެވެ. ނަމަވެސް އެ މެމޯގެ
އަސްލު އޮޅުވާލައި، އެންމެ ގޯސް މާނަ ނެގޭ ގޮތަށް ވާހަކަތައް ދައްކަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދޮގު ވާހަކަތަކުގެ ސަބަބުން ސިވިލް ސާވިސްގެ މުވައްޒަފަކަށާއި، ވޭތުވެދިޔަ 23 އަހަރު ދުވަހު އިންސާފު ނުލިބި ހުރި ދުވަސްވީ މީހަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ހިތާމައަކާއި ގެއްލުން ދަނީ ލިބެމުންނެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަމުން ދަނީ، އޭނާއަށް ލިބުނު ބޮޑު ބޭއިންސާފެއް ރަނގަޅުކުރުމަށްޓަކައި ކުރެވުނު މުއާމަލާތަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ހައުސިން މިނިސްޓްރީގެ އެ މެމޯގައިވާ ގޮތުން، ހުޅުމާލެއިން 1،250 އަކަފޫޓުގެ ބިމެއް ވިއްކާފައިވަނީ އަކަފޫޓަކަށް 375 ރުފިޔާގެ ރޭޓުންނެވެ. އެހެންކަމުން އެ ބިމުގެ ޖުމްލަ އަގަކީ 468,750 ރުފިޔާއެވެ. މީގެ އިތުރުން އެޑްވާންސްގެ ގޮތުގައި 50,000 ރުފިޔާ ދެއްކުމަށްފަހު، ބާކީ ފައިސާ ފަސް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ސައްހަ މައުލޫމާތާއި ހަގީގަތް އާންމުންނަށް ހާމަކޮށްދިނުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން މިއަދުގެ ވަގުތެއްގައި ރަސްމީ ބަޔާނެއް ނެރޭނެ ކަމަށްވެސް މިނިސްޓަރު ޑރ. މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު