ސަރުކާރުގެ ތިން ވުޒާރާއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް އޮފީސްތައް ހިންގަމުން ދިޔަ ގްރީން ބިލްޑިންގުގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ތަހުގީގަށް ހިއްސާކުރައްވާނެ އިތުރު މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާއާ ގުޅުވައިގެން، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އެ އިމާރާތުގައި ރޯކޮށްލީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ކަމަށާއި، އެކަމުގެ ހުރިހާ ތަފްސީލެއް ފުލުހުންގެ އިދާރާއަށް އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މި ވާހަކަފުޅުތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ މައްސަލައިގެ ހަގީގަތް ހޯދުމަށް ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އަންގަވާފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް މައުލޫމާތު ސާފުކުރުމަށްޓަކައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރަން ފުލުހުންގެ ޓީމެއް އެމަނިކުފާނުގެ ގެކޮޅަށް ދިއުމާ ގުޅިގެން، އެމަނިކުފާނުގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ހާދިސާއާ ގުޅޭގޮތުން މީޑިއާތަކުގައްޔާއި އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތު ފިޔަވައި އިތުރު އެއްވެސް ސިއްރު ނުވަތަ ހާއްސަ މައުލޫމާތެއް އެމަނިކުފާނަށް އެނގިވަޑައިގެންފައެއް ނުވެ އެވެ. އަދި އެއީ ފުލުހުން ފުރިހަމަ ތަހުގީގެއް ހިންގާފައިވާ މައްސަލައަކަށް ވާތީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެންމެ ސާފުކޮށް އެނގޭނީ ފުލުހުންނަށް ކަމަށް ވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
މީގެއިތުރުން، ތަހުގީގަށް އާ މައުލޫމާތެއް ދެވެން ނެތް ހާލަތެއްގައި، ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ވެސް ވަކީލުގެ ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.
މި ހާދިސާއާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފައި ވަނީ، ރާއްޖެއިން ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ފަންނީ ތަހުގީގުން ދައްކާ ގޮތުގައި، އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ނަރުތަކުގައި އަލިފާން ހިފުމުގެ ސަބަބުން ކަމަށެވެ. އަދި މިހާދިސާ އާ ބެހޭގޮތުން ކުރީގެ ރައީސް ޔާމީނު ދެއްކެވި ވާހަކަތަަކަށް ރިއާޔަތްކުރައްވާ, އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެކެވޭތީ އެކަމުގެ ހަގީގަތް ސާފުކުރުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށްވެސް މިނިސްޓަރު އިހުސާނު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު