އަޙްމަދު ޝަހީރު: އެމްޓީޑީސީގެ ޗެއާމަން ކަމަށް އައްޔަންކުރެއްވި އިރު މީގެ ކުރިން ހުންނެވީ އެޗްޑީސީގެ ޗެއާމަން ކަމުގައި
އަޙްމަދު ޝަހީރު: އެމްޓީޑީސީގެ ޗެއާމަން ކަމަށް އައްޔަންކުރެއްވި އިރު މީގެ ކުރިން ހުންނެވީ އެޗްޑީސީގެ ޗެއާމަން ކަމުގައި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރެއްވި އަޙްމަދު ޝަހީރު، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންގެ މަގާމަށް ހަމަޖައްސަވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި އެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މެއި 2024 އިން ފެށިގެން މިދިޔަ ހަފުތާއާ ހަމައަށް އެޗްޑީސީގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ޝަހީރު، މި ސަރުކާރު ފެށުނުއިރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށެވެ. އެހެންނަމަވެސް، އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޭނާ ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.

ޝަހީރަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަތީ ފަންތީގެ މެނޭޖްމަންޓުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ކަމުގެ މަގާމު ފުރުއްވުމުގެ އިތުރުން، އޭގެ ކުރިން އޭނާ ވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާގެ މަގާމުވެސް އަދާކުރައްވާފައެވެ.

އެމްޓީޑީސީގެ ޗެއާމަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ޢަބްދުﷲ ފާއިޒް އެހެން ކުންފުންޏަކަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

ފެބްރުއަރީ 2017 އިން ފެށިގެން އެމްޓީޑީސީގެ ޗެއާމަންކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ފާއިޒް، ސަރުކާރުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗެއާމަންކަމުގެ މަގާމަށް ބަދަލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު