ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ގިނިސް ވޯލްޑް ރެކޯޑް ކާމިޔާބުކަމާއެކު ގާއިމުކޮށްފިއެވެ.
މި ޚާއްސަ ހަރަކާތް ބާއްވާފައިވަނީ ނިވަ ކުރުނބާ މޯލްޑިވްސްގައެވެ.
ކަނޑުފަޅުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށާއި ތިމާވެއްޓަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 314 މީހުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން، އެ ވަގުތު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ގިނަ އަދަދެއްގެ ފަތުރުވެރިން ހިމެނެއެވެ.
މި ހަރަކާތް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފުރިހަމަކުރުމާ ގުޅިގެން، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މޯޓެން ޖޫނިއަރއެވެ.
ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ދިރިއުޅުމާއި އިގްތިސާދުގެ މައިބަދަ ކަމުގައިވާ ކަނޑުގެ މާހައުލު ހިމާޔަތްކުރުމުގައި މުޖުތަމައުގެ ވަކިވަކި ފަރުދުންގެ ޒިންމާ އަދާކުރުމަށް ބާރުއެޅުމެވެ. އަދި މިއީ ބޭންކުގެ "އީއެންވީ ޕީއޯއެސް" ޕްރޮގްރާމުގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.
"އީއެންވީ ޕީއޯއެސް" ޕްރޮގްރާމަކީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރެވޭ ކޮންމެ މުއާމަލާތަކުން ލިބޭ ފައިދާގެ ވަކި މިންވަރެއް ތިމާވެށީގެ އެކި މަޝްރޫއުތަކަށް ޚާއްސަކުރާ ނިޒާމެކެވެ. މިގޮތުން ލިބޭ އެހީގެ ދަށުން ބީއެމްއެލް އިން ދަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯޕާ" ފަދަ ޖަމްއިއްޔާތަކާ ގުޅިގެން ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި އެއްކޮށް، ރީސައިކަލް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ވެށި ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މި ޕްރޮގްރާމުގެ ދަށުން އަންނަނީ ހިންގަމުންނެވެ.
މިފަދަ ބޮޑު ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި މުޖުތަމައުގެ ލާބައަށް ގައުމީ ބޭންކުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު ކާމިޔާބީއެކެވެ. އަދި މިއީ ގުދުރަތީ ވެށި ހިމާޔަތްކުރުމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު ވަރަށް އަގުހުރި ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު