ލ. ކައްދޫ އެއާޕޯޓް ހިންގަމުން އައި ކައްދޫ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ފާއިތުވި އަހަރުތަކުގައި ޖުމްލަ 325.1 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ އަހަރު އެކަނިވެސް ކުންފުންޏަށް ވަނީ 29.5 މިލިއަން ރުފިޔާގެ ސާފު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ވޭތުވެދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބުނުއިރު، ޚަރަދުގެ ގޮތުގައި 38.7 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. މީގެއިތުރުން ކުންފުނީގެ ޖުމްލަ އެސެޓްގެ އަގަކީ 56 މިލިއަން ރުފިޔާއެވެ.
މާލީ ގޮތުން ކުންފުންޏަށް ކުރިމަތިވި މި ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން، ކައްދޫ އެއާޕޯޓްސް ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަންތަކާއި މުދަލާއި ދަރަނިތައް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.
މި ނިންމުމާ ގުޅިގެން، ވިޔަފާރި ކުރިއަށްދާނެ ކަމަށް ބަލައިގެން ތައްޔާރުކުރާ 'ގޮއިންގް ކޮންސާން' އުސޫލުން މާލީ ބަޔާންތައް ތައްޔާރުކުރުން މިހާރު އެ ކުންފުންޏަށް ނުހިނގާނެ ކަމަށް މެނޭޖްމަންޓުން ވަނީ ކަނޑައަޅާފައެވެ. އަދި ބޯޑުގެ ނިންމުމާ އެއްގޮތަށް، 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ހުރި މާލީ އަގުތަކުގައި ހުރިހާ އެސެޓްތަކާއި ޒިންމާތައް އާރްއޭސީއެލް އަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މުދާ ވިއްކައިގެންނާއި ދަރަނިތައް އަދާކުރެވޭނެ ގާބިލުކަން ވަޒަންކުރުމަށްފަހު، މާލީ ބަޔާނުގައިވާ އަގުތަކަށް އިތުރު ބަދަލެއް ގެންނަން ނުޖެހޭ ކަމަށް މެނޭޖްމަންޓުން ވަނީ ނިންމާފައެވެ.
އާންމު ދަތުރުފަތުރާއި އަސްކަރީ އެކި ބޭނުންތަކަށް ވެސް ބޭނުންކުރަމުން އަންނަ ކައްދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު މިހާރު ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ކައްދޫގައި 2.8 ކިލޯމީޓަރުގެ ޒަމާނީ އައު ރަންވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު