މީޑިއާއަކުން ފޯނު ކޯލެއް ވަގުތުން ބްރޯޑްކާސްޓް (ލައިވް) ކުރާނަމަ، އެކަން ގުޅާ ފަރާތަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފިއެވެ.
މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، އަމަލުކުރަންޖެހޭ ބްރޯޑްކާސްޓިން މިންގަނޑުތަކުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމާއި، އިންޓަވިއުތަކާއި ރެކޯޑިންތައް އަދި މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމާ ގުޅޭގޮތުން ފަންނީ ޒިންމާތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުއާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ އެ މުއާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓް ކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ބަޔާނުގައިވެއެވެ. އަދި ފޯނު މުއާމަލާތެއް ލައިވްކުރަން ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ބްރޯޑްކާސްޓް ކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މީގެއިތުރުން، ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމުގެ އިތުރުން އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް މީޑިއާ ކޮމިޝަނުން ފާހަގަކުރިއެވެ.
"އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިފަދަ ތަކެތި ބޭނުންކުރަންވާނީ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި އެއްގޮތްވާ ގޮތުގެ މަތިންކަން ހަނދާންކޮށްދެމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ކޮމިޝަނުން ވަނީ ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި، ކަރާމާތާއި ހައްގުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ބްރޯޑްކޮމް އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ދާދި ފަހުން ރާއްޖޭގެ މީޑިއާއަކުން ސްޓެލްކޯގެ އެޗްއާރަށް ލައިވް ޝޯއެއްގެ ތެރެއިން ގުޅުމުން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވައްދަމުން އަންނަކަން ހާމަވި މައްސަލައަކާ ގުޅިގެންނެވެ. ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓުން އަންގައިގެން ޕީއެންސީއަށް ފޯމު ފުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ ކުންފުނީގެ އެޗްއާރު މުވައްޒަފަކު މިހާރު ވަނީ މަސައްކަތުން އެކަހެރިކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް އެ ޕާޓީއަށް ގިނަ އަދަދެއްގެ މެންބަރުން ވެއްދުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޕީއެންސީގެ އަމާޒަކީ އެއްލައްކަ މެންބަރުން ހަމަކުރުން ކަމަށްވާއިރު، މި އަހަރުގެ ޖޫން 30 ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ތިބީ 67،579 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު