ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
އެއްވެސް ބަޔަކަށް ރާއްޖޭގެ މައްޗަށް އަތްގަދަ ނުކުރެވޭނެ ކަމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިފަދަ މޭރުމަކުން ސިޔާސީ ފަރާތްތަކަށް އަމާޒު ކުރަށްވައި ވިދާޅުވީ ސިޔާސީ މީހުންނަށް މިހާރު އެއްޗެއް ވިސްނެން ވެއްޖެ ކަމަށެވެ. އެގޮތުން އެއްވެސް ބަޔަކަށް ރާއްޖޭގެ މައްޗަށް އަތްގަދަ ނުކުރެވޭނެ ކަމުގެ ކޮޅުމަތި މިހާރު ފެންނަމުންދާ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ބެލެވޭ ގޮތުގައި މޫސަ މިޢިޝާރާތް ކުރަށްވަނީ ޗައިނާއިން ބްރިޖް އަޅައިދީ ބޮޑެތި ލޯނުތައް ދީފައި ރާއްޖެ އަޅުވަތި ކުރަން އުޅޭ ކަމަށް ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކައާއި އިންޑިއާއިން ދެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓެއް ދީފައި ރާއްޖެ އަޅުވެތިކުރަން އުޅެނީ ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ކަމަށް ބެލެވެއެވެ.

ސިޔާސީ ގޮތުން ބަޔަކު ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އެއްވެސް ގައުމަކަށް ރާއްޖެ އަޅުވެތި ނުކުރެވޭނެކަން މިހާރު ވިސްނެން ވެއްޖެ ކަމަށް މޫސަ ވިދާޅުވެފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމަށް ބެލެނޭ އެމެރިކާ ސަރުކާރުގެ އިސް ވެރިއަކު ނިމިދިޔަ ހަފުތާގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ކުރެއްވި ޒިޔާރަތުގައި ރާއްޖެއަށް ޒިޔާރަތް ކުރަށްވައި ރާއްޖެއާ އަދި މި ސަރަހައްދުގެ އެކި ގައުމުތަކަށް އެހީވަމުންދާ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައި ވެސް ވަނިކޮށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމެރިކާ ސަރުކާރުގެ އެންމެ އިސް ވެރިއަކު ރާއްޖެއަށް މިފަދަ ޒިޔާރަތެއް ކުރެއްވުމަކީ ޗައިނާއާއި އިންޑިއާ ފަދަ ސަރަހައްދީ ބޮޑެތި ބާރުތަކުން ރާއްޖެ ފަދަ ކުދި ގައުމުތައް އަޅުވެތި ކުރާތަން ބަލަހައްޓައިގެން ނުތިބޭނެކަން ހާމަވެގެން ދާ ކަމެއް ކަމުގައެވެ.

މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލާމެހިފައިވާ ދުނިޔޭގައި ތިބެގެން ސިޔާސީ ޕާޓީއަށް ބާރުހޯދަން ދުނިޔޭގެ ބޮޑެތިޤައުމުތަކަށް އެއްޗެހި ކިޔެއްކަމަކު މި ރާއްޖޭގެ މައްޗައް އެއްވެސްބަޔަކަށް އަތްގަދަ ނުކުރެވޭނެކަމުގެ ކޮޅުމަތި މިހާރު ފެންނަމުންދާ ކަމަށެވެ.



އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕިއޯ ރާއްޖެ އަށް ކުރެއްވި ދަތުރުގައި ބޭއްވެވި ޕްރެސް ބްރީފިންގައި ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާާޅުވި އެވެ. އޭނާ ވިދާޅުވީ ޗައިނާގެ އަމަލުތައް ހުރި ގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން ކުރިއަށް ވުރެ މުހިއްމު ވެފައިވާ ކަމަށާއި، ޗައިނާގެ ކުންފުނިތަކުން ކަނޑަށް ކުނި އަޅައި ތިމާވެއްޓަށް ގެއްލުންދެމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޕޮޕްޕިއޯގެ ވާހަކަތަކަށް ރައްދުދީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ދިގު ބަޔާނެއްގައި ބުނެފައިވަނީ، ޕޮމްޕިއޯގެ ދަތުރުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރެއްވީ ޗައިނާ އާއި ދިވެހިރާއްޖެ ޖެއްސުމަށް ކަމަށާއި، އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ސުލްހަވެރި އަދި ހަމަޖެހޭ ބައިނަލްއަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.

އެމެރިކާ އާއި އިންޑިއާ އަދި މި ސަރަހައްދުގެ ބައެއް އެހެން ގައުމުތައް ގުޅިގެން އުފައްދާފައިވާ އިންޑޯ-ޕެސިފިކް އެލަޔަންސް ނުވަތަ "ކްއޮޑް" އަކީ އެކި ގައުމުތަކާއި ބްލޮކްތަކުގެ މެދުގައި ހަމަނުޖެހުން އުފައްދައި، ޖިއޯޕޮލިޓިކްސްގެ ވާދަވެރިކަން އިތުރުކުރަން ކުރާ މަސައްކަތެއް ކަމަށް ޗައިނާ އިން ވަނީ ސިފަކޮށްފައެވެ. ރާއްޖޭގައި ހުންނަވައި ޕޮމްޕިއޯ ވިދާޅުވީ ރާއްޖެ އަކީ އިންޑޯ-ޕެސިިކް އަށް މުހިއްމު ޤައުމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ނައީމް

01-Nov-2020

ޢަތްދަށު ވެފައި އޮތްތަން ކަލޭމެންނަށް ނުފެންނަ ކަމީ ކަލޭގެ ގަމާރުކަމޭ ބުނާކަށް ނެތިން. މިރާއްޖޭގެ ތަރައްގީގެ ހުރިހާ މަގެއް އެ ވަނީ ބަންދުކޮށްފާ. ޢިންޑިއާގެ ސަފީރު ރާއްޖެ ހިންގަނީ. ދެން އަތްދަށުލުމަކީ ކޮބައިތަ?


-13

ސިރާނީ

31-Oct-2020

އަސްލު ތިބުނީ ވަަަރައް ރަންގަޅު ވާހަައެއް


14

އާފިޔާ

31-Oct-2020

ވަރައް ތާއީދު


11

ފާތުން

31-Oct-2020

މޫސަ ބުންޔަސް ތީ ވަރައް ރސންގަޅު ވާހަކައެއް


-2

އައްބެ

31-Oct-2020

މޫސަގެ ވާހަކަޔައް ދާއީދު



ޓްރެންޑިން