ދިވެހިރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާއިން ޒުވާނުން ހޯދަމުން އަންނަ ކުރިއެރުންތައް ބަލައިގަނެ، އެ ދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްޓަކައި ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި، އީ-ސްޕޯޓްސް ދާއިރާގައި ހަރަކާތްތެރިވާ ޒުވާނަކު ދެއްކި ވާހަކަތަކަށް ޖަވާބުދެއްވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދެއްކި ޒުވާނާ ވަނީ، ރާއްޖޭގެ ޤައުމީ ސްޕޯޓްސް އެވޯޑުގައި އީ-ސްޕޯޓްސް ހިމަނާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި އެ ދާއިރާއިން ރަންވަނަތައް ހޯދަމުންދާ ޒުވާނުންގެ އަގުވަޒަންކުރެވޭނެ އިންސާފުވެރި ނިޒާމެއް ޤާއިމުކޮށްދިނުމަށް އެ ޒުވާނާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދުނެވެ.
ޒުވާނާގެ ކަންބޮޑުވުންތަކަށް ތާއީދުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އީ-ސްޕޯޓްސްއަކީ މިއަދު ދުނިޔޭގެ އިތުރުން ރާއްޖޭގައިވެސް އެތައް ހާސް ޒުވާނުންނެއްގެ ޝައުޤުވެރިކަން ހުރި ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އެހެންކަމުން، މި ދާއިރާއަށް ސަމާލުކަންދީ، ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައިވާ ފަދައިން، މާލޭގައި އީ-ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއް، އަދި ކުޑަކުދިންގެ އެކްޓިވިޓީސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށްޓަކައި އެ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޯދުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ.
ބައްދަލުވުމުގައި ވާހަކަދެއްކި ޒުވާނާ ވަނީ، ސީދާ ޤައުމުގެ އެންމެ މަތީ ވެރިޔާއާ ބައްދަލުކޮށް ޒުވާނުންގެ އަޑާއި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާތީ، މިއީ ޒުވާނުންނާ ވަރަށް ގާތުން މަސައްކަތްކުރާ ސަރުކާރެއްކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު