ޚާއްސަ ދާއިރާތަކުން ފުލުހުންނަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދީގެން، ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ އަދި ޒަމާނީ ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތަކުގައި މިއަދު ކުރިއަށްގެންދިޔަ އެކުވެރިކަމުގެ ހިނގާލުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުއްޓުމެއް ނެތި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެ ވެސް މަތިކޮށް، ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިހުސާން ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އަދި ފުލުހުންގެ އިސް ވެރިންގެ ބެއްލެވުމުގެ ދަށުން، މުއައްސަސާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި ޒަމާނީ އާލާތްތައް ހޯދައިދިނުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. މި ބަދަލުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ރައްޔިތުންނާ މުޢާމަލާތްކުރުމުގައި ފުލުހުންގެ ފަރާތުން އޯގާތެރިކަމާއި، ކުލުނާއި މަޑުމައިތިރިކަން ފެނިގެން ދިއުމެވެ.
މީގެއިތުރުން، ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެވުނު ނަމަވެސް، ވޭތުވެދިޔަ ތަނުގައި އެކަށީގެންވާ ޢުމްރާނީ ވަސީލަތްތައް ގާއިމުކުރެވިފައި ނެތުމަކީ ޚިދުމަތް ދިނުމުގައި ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެހެންނަމަވެސް، މި ސަރުކާރުގެ އަމާޒަކީ އެ ދަތިތައް ހައްލުކޮށް، ބޭނުންވާ އޮނިގަނޑުގެ ބަދަލުތަކާއި ފަންނީ ތަމްރީނުތައް ފުރިހަމަކޮށްގެން، ޤާބިލު އަދި ރައްޔިތުން އިތުބާރުކުރާ ޚިދުމަތެއް ޤާއިމުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު