މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި ހިންގި ރެއިޑެއްގައި އިތުރު 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ދިރިއުޅެމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 426 ބިދޭސީން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން ސައްހަ ވިސާއެއް ނެތި އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 13 ބިދޭސީއަކު ވަނީ ފާހަގަކުރެވި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކުގެ ފިންގަރޕްރިންޓާއި ބައޮމެޓްރިކް މައުލޫމާތު އެއްކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު ވަނީ މާލެ ސަރަހައްދުގައި ފަށާފައެވެ.
މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވައި ދިވެހި ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދާ މިފަދަ ހާއްސަ އިންސްޕެކްޝަންތަކާއި ރެއިޑް އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު