އިންޑިއާގެ ބަޔަކު އިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި ގޭގައި ތައްޔާރުކޮށްގެން ގެނައި ކާނާ ސުފުރާމައްޗެއް ހެން ބަހައިގެން ކާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، އާންމު ތަންތަނުގައި އުޅެންޖެހޭ އަދަބުތަކާއި ފަސިންޖަރުންގެ އަޚުލާޤާ ގުޅޭގޮތުން ބޮޑު ބަހުސެއް ފެށިއްޖެއެވެ.
އެކްސް ގައި އާންމުވި މި ވީޑިއޯއިން ފެންނަނީ އެއް އާއިލާއަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުން، ގޭގައި ހަދައިގެން ގެނައި 'ދޯކްލާ' އަދި 'ތޭޕްލާ' ފަދަ އިންޑިއާގެ ސަގާފީ ކާނާތައް ނަގައި، ތަށިތަކަށް އަޅައި މީހުންނަށް ބަހާ މަންޒަރެވެ. ބައެއް މީހުން ވަނީ މިއީ އިންޑިއާގެ ރޭލުތަކުގެ ތެރެއިން އާންމުކޮށް ފެންނަ މަންޒަރެއް ފްލައިޓުގެ ތެރެއަށް ގެނައުން ކަމަށް ސިފަކޮށްފައެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި އަންހެނަކު ކާބޯތަކެތި އަޅާފައިވާ ތަށިތައް ހިފައިގެން ބޯޓުގެ ދެ ސީޓު ދެމެދުގައިވާ ހަނި ދޮރުމަތީގައި (އައިލް) ހިނގާފައި ދެއެވެ. އަދި އާއިލާގެ އެހެން ބައެއް މެންބަރުން ވެސް ތެދުވެ ހަރަކާތްތެރިވަމުން ދިޔައެވެ. ގާތްގަނޑަކަށް 15 މީހުންގެ މި ގްރޫޕުން ވަނީ ކައި ނިމުމަށްފަހު އެއްލާލާ ތަށިތައް އެޅުމަށް ބޮޑު ކޮތަޅެއް ވެސް ގެންގުޅެފައެވެ.
މި މަންޒަރަކީ އާއިލީ ގުޅުން ބަދަހިކޮށްދޭ މަޖާ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކުނު ނަމަވެސް، ފްލައިޓުގެ ތެރޭގައި ހަމަޖެހުން ގެއްލޭގޮތަށް އެފަދަ ކަންކަން ކުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ.
ވީޑިއޯ ހިއްސާކުރި އެކަކު ބުނެފައިވަނީ، މަތިންދާބޯޓުގެ ހަނި ކެބިން "ހުޅުވާލެވިފައިވާ ކެފެޓީރިއާއަކަށް" ބަދަލުކޮށްލާފައިވާ ކަމަށެވެ. އަދި މައްސަލައަކީ ގޭގައި ހަދާ ކާނާ ގެނައުމެއް ނޫން ކަމަށާއި، ބޯޓުތެރޭގައި ތެދުވެ ހިނގާބިނގާވެ، ތަށިތައް ހިފައިގެން އުޅުމުން އެހެން ފަސިންޖަރުންނަށް އުނދަގޫވުން ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ވީޑިއޯއާއެކު ދަތުރުފަތުރުކުރުމުގައި ހުންނަންޖެހޭ ރިވެތި އަދަބުތަކާ މެދު ފުޅާ ދާއިރާއެއްގައި ބަހުސް ދަނީ ކުރެވެމުންނެވެ. އަމިއްލަ ކާނާ ބޯޓަށް އެރުވުމަކީ ޤަވާއިދާ ޚިލާފު ކަމަކަށް ނުވި ނަމަވެސް، މަތިންދާބޯޓަކީ އެންމެން ހިއްސާވާ ހަނި ތަނެއްކަން ހަނދާން ބަހައްޓަންޖެހޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މައްސަލައަކީ އަމިއްލަ ކާނާ ކެއުމުގެ ހައްޤު އޮތުމެއް ނޫނެވެ. ނަމަވެސް، އެހެން މީހުންނާ އެކު އާންމު ޖާގައެއް ހިއްސާކުރާއިރު އުޅެންޖެހޭ އަދަބުތަކަށް އިޙުތިރާމް ކުރުމެވެ. ތަކުރާރުކޮށް ހިނގާބިނގާވެ، ކާބޯތަކެތި ބަހަން އުޅުމަކީ ފްލައިޓް ކްރޫއިންގެ މަސައްކަތަށާއި އެހެން ދަތުރުވެރިންނަށް ދަތިވާނެ ކަމެކެވެ. މީގެ އިތުރުން ކާނާގެ ވަސް ބޯޓުގެ ތެރޭގައި ހިފާފައި ހުރުމަކީ ވެސް ބައެއް މީހުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
އެކްސްގައި ޚިޔާލުފާޅުކުރި އެހެން މީހަކު ބުނެފައިވަނީ، "މިއީ ވަކި ސަރަޙައްދެއްގެ މައްސަލައެއް ނޫން، މިއީ އާންމު އިޖުތިމާޢީ އަދަބުތަކުގެ މައްސަލައެއް. މަތިންދާބޯޓަކީ އެންމެންގެ ތަނެއް. ތިމާގެ މިނިވަންކަން ނިމުމަކަށް އަންނަނީ އެހެން 150 ފަސިންޖަރުންނަށް އޭގެ ސަބަބުން އުނދަގޫވާ ހިސާބުން."
ނަމަވެސް، ސޯޝަލް މީޑިއާގައި މިކަމަށް ތާއީދުކުރި މީހުން ވެސް މަދެއް ނޫނެވެ. އާއިލާއާއެކު ދަތުރުކުރާއިރު ގޭގައި ތައްޔާރުކުރި ކާނާ ކެއުމަކީ ގޯހެއް ނޫން ކަމަށާއި، އެއާލައިންތަކުން ވެސް ފްލައިޓުގައި ކާބޯތަކެތި ސާވްކުރާއިރު، އަމިއްލަ ކާނާގެ ވަހާމެދު މާބޮޑަށް ޝަކުވާކުރުމުގެ މާނައެއް ނެތް ކަމަށް އެމީހުން ބުނެއެވެ. އަދި ކައި ނިމިގެން ކުނި އެޅުމަށް ބޮޑު ކޮތަޅެއް ބޭނުންކޮށް، ސާފުތާހިރުކަމަށް އެ އާއިލާއިން ސަމާލުކަން ދީފައިވާކަން ވެސް ދިފާޢުގައި ވާހަކަދެއްކި ފަރާތްތަކުން ފާހަގަކުރިއެވެ.
މި މައްސަލައާއެކު، ހުއްދަ ކަމަކަށް ވިޔަސް، ކޮންމެ މާހައުލެއްގައި އެފަދަ ކަންކަން ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ އަނެއްކާވެސް މިވަނީ ސުވާލު އުފެދިފައެވެ. އަދި އަމިއްލަ މިނިވަންކަމާއި އެހެން މީހުންގެ އަރާމަށް ވިސްނުމާ ދެމެދު އޮންނަންވާ ހަމަހަމަކަން ހިފެހެއްޓުމުގެ މުހިންމުކަން މި ހާދިސާއިން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު