ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާތައް ފަށައިފިއެވެ.
މިކަން ހާމަކުރައްވައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
ހަމްދާން ވިދާޅުވީ، މި ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމަށާއި، އެ ތަންތަނުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މިހާރު ކޯޕަރޭޝަނުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، މި ޓަވަރުތަކުގެ ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން ހަމްދާން ވިދާޅުވީ، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް އިސްކޮށްގެން އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
އެފްޑީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އަޅާ ޓަވަރުތަކަކީ ގިނަ އަދަދެއްގެ އާއިލާތަކެއް ދިރިއުޅުމަށް ހަމަޖެހިފައިވާ ތަނަކަށް ވުމާއެކު، އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުންނާއި އެ ކޯޕަރޭޝަނުން ޚާއްޞަ އިސްކަމެއް ދޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އެފް.ޑީ.ސީގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމަށާއި، އަދި އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ… pic.twitter.com/HwbHBJN5K0
— Hamdhan Shakeel (@HamdhanShakeel) September 2, 2026
އެފްޑީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އަޅާ ޓަވަރުތަކަކީ ގިނަ އަދަދެއްގެ އާއިލާތަކެއް ދިރިއުޅުމަށް ހަމަޖެހިފައިވާ ތަނަކަށް ވުމާއެކު، އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުންނާއި އެ ކޯޕަރޭޝަނުން ޚާއްޞަ އިސްކަމެއް ދޭ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު