ރާއްޖޭގައި ހުންނަ ލަވާޒާގެ ރަސްމީ ޑިސްޓްރިބިއުޓަރު ކަމަށްވާ ޔޫރޯ މާކެޓިންގ އިން އިންތިޒާމުކޮށްގެން ބާއްވާ "ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026" ގެ ކޮލިފައިން ބުރު ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ ޤައުމީ ފައިނަލަށް 10 ބަރިސްޓާއިން ހޮވިއްޖެއެވެ.
ޔޫރޯ މާކެޓިންގގެ ލަވާޒާ ބަރިސްޓާ ޓްރެއިނިންގ ސެންޓަރުގައި އޮގަސްޓް 30 އިން 31 އަށް ކުރިއަށްދިޔަ މި ކޮލިފައިން ބުރުގެ ކުރިން، ބައިވެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ވެސް ވަނީ އެ ސެންޓަރުގައި ކުރިއަށް ގެންގޮސްފައެވެ. އަދި ކޮލިފައިން ބުރުގައި ބައިވެރިން ވަނީ އެމީހުންގެ ފަންނީ ހުނަރުތަކާއި ޤާބިލުކަން ވާދަވެރި މާހައުލެއްގައި ދައްކާލާފައެވެ.
މި މުބާރާތުގެ ޤައުމީ ފައިނަލް ބުރު އޮންނާނީ 9 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފް.އެޗް.އޭ.އެމް) 2026 ގެ ތެރެއިންނެވެ. މި ފައިނަލްގައި ވާދަކުރާ 10 ބައިވެރިންގެ ތެރެއިން ހޮވޭ ރާއްޖޭގެ ޗެމްޕިއަނަށް، 2027 ވަނަ އަހަރުގެ އޭޕްރީލް މަހު އިޓަލީގެ ޓިއުރިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ލަވާޒާ ބަރިސްޓާ ޗެލެންޖުގެ ބައިނަލްއަޤްވާމީ ފައިނަލުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޔޫރޯމާކެޓިން އިން ކުރިންގެންދިޔަ ލަވާޒާ ބަރިސްޓާ ޗެލެންޖް 2026 ގެތެރެއިން
ލަވާޒާ ބަރިސްޓާ ޗެލެންޖަކީ ކޮފީ ތައްޔާރުކުރުމުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ޓެކްނިކަލް ހުނަރު އަދި މި ދާއިރާއަށް ހުންނަ ޝައުޤުވެރިކަން ދައްކާލުމަށް ބަރިސްޓާއިންނަށް ހުޅުވާލެވިފައިވާ ބައިނަލްއަޤްވާމީ ޕްލެޓްފޯމެކެވެ. މިއީ ހަމައެކަނި ކޮފީ ތައްޔާރުކުރުމުގެ މުބާރާތެއް ނޫނެވެ. މީގެ އިތުރުން، ބައިވެރިންގެ އަމިއްލަ ޝަޚްޞިއްޔަތާއި، އުފެއްދުންތެރިކަމާއި، ބޭނުންކުރާ ތަކެތީގެ ފެންވަރު އަދި އެސްޕްރެސޯ ތައްޔާރުކުރުމުގެ ޚާއްޞަ އުކުޅުތަކަށް ވެސް ފަނޑިޔާރުން ވަރަށް ބޮޑަށް ބަލާނެއެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެންމެ މޮޅު ބަރިސްޓާ ދެނެގަނެ، ދުނިޔޭގެ އެހެން ޤައުމުތަކުގެ ޗެމްޕިއަނުންނާ އެކު ބައިނަލްއަޤްވާމީ ސްޓޭޖެއްގައި ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު